English Edition
Dhivehi Edition

ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން ފްރަންޓުލައިންގައި މަސައްކަތް ކުރާ އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އައިމަން އާދަމެވެ.

ފުލުހުންގެ ބޮޑީ ވޯން ކެމެރާ މިއަދު އިފްތިތާހުކޮށްފި

މި އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭން ޖެހެއެވެ.

ކަރެކްޝަނުން ބުނީ، ބޮޑީވޮން ކެމެރާ ބޭނުން ކުރަން ފަށަން ނިންމީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެތީކަމަށެވެ.

ކަރެކްޝަންސް އިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާއިރު، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވެސް ވަނީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފައެވެ. އެންމެ ފުރަތަމަ ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް ނިންމާފައިވަނީ މާލެ އާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނެވެ. މިކެމެރާ ބޭނުން ކޮށްގެން މަންޒަރާއި އަޑު ރެކޯޑް ކުރެވޭއިރު ފުލުހުންގެ ކޮމާންޑް ސެންޓަރުގައި ތިބޭ އޮފިސަރުންނަށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ހަރަކާތްތައް ވަގުތުން ބަލާލެވޭނެއެވެ.