English Edition
Dhivehi Edition

އައްޑޫސިޓީގެ ހަންކެޑަސަރަހައްދުގައި ހަދާފައިވާ އާ ބްރިޖް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ފިޔަވައި، އެހެން ރަށެއްގައި ހެދި ފުރަތަމަ ބްރިޖް ހުޅުވުމުގެތައްޔާރީތައް ވަމުން އަންނަ ނަމަވެސް ބްރިޖް ރަސްމީކޮށް ހުޅުވާނެ ތާރީޚެއް އަދި ފައިނަލެއް ނުވެއެވެ.

މި ބްރިޖް ހުޅުވުމަށްތަފާތު ގިނަ ތާރީޚްތަކެއް މީގެ ކުރިން ވެސް ދީފައިވާއިރު އިންފްރާސްޓްރަކްޗާ މިިނިސްޓްރީން މިއަހަރުގެ ޖޫން މަހު ބުނީ ޖުލައި މަހު އާންމުންނަށް ބްރިޖް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ފަހުން ބްރިޖް ހުޅުވުން ސެޕްޓެމްބަރަށް ވެސް ފަސް ކުރިއެވެ.

ބްރިޖް ހުޅުވުން ލަސްވަމުންދާ ސަބަބެއް ކަމަށް މިނިސްޓްރީން ބުނެފައިވަނީ ބްރިޖްގެ އެކިއެކި ކުދިކުދި ބައެއް މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން ކަމަށެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.

މިއީ ފަތުރުވެރިކަމަށް ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުގައި ތަރައްގީކުރާ ބްރިޖެކެވެ. މި ބްރިޖްގެ ސަބަބުން ހަންކެޑެ ސަރަހައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދޭނެ އެވެ.

ސ. މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށެވެ.