English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު އެކި ދިމަދިމާއިން ފެންނަމުން ދަނީ ކެންޑިޑޭޓުންގެ ކުލަކުލައިގެ ޕޯސްޓަރު ތަކެވެ. އިވެމުން ދަނީ ކެންޑިޑޭޓުންގެ ވައުދު ތަކާއި ދާއިރާގެ ތަރައްގީއަށްޓަކައި ކުރާނެ ކަމަށް ބުނެ ދައްކަވާ ވާހަކަތަކެވެ. ލޮރީ ބުރުތަކާއި ހިނގާލުންތަކާއި ކަންމަތީ ބައްދަލުވުންތަކުގެ އިތުރުން ބޭއްވޭ ބާބެކިއުތަކެވެ. ކެންޑިޑޭޓުން ޖޯޝާފޯރިއާއެކު ކުރިއަށް ގެންދަވާ ކެމްޕެއިން ތަކުގައި އެ ކެންޑިޑޭޓެއްގެ ސަޕޯޓަރުން ރެޔާއި ދުވާލު ހޭބޯނާރާ ދަނީ މަސައްކަތް ކުރަމުންނެވެ.

އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މި ބަލާލަނީ ދެކުނުގެ އަތޮޅު ތަކުން ހުވަދު އަތޮޅުގެ ގއ ދާންދޫ ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަވާ ކެންޑިޑޭޓު މުޙައްމަދު ސިޔާމުގެ ކެމްޕެއިން ފޯރިއަށެވެ.

ގއ، މާމެންދޫ، ނިލަންދޫ އަދި ދާންދޫ ދާއިރާގެ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވުމަށް އެ ދާއިރާއިން ނިކުންނެވި ސިޔާމަށް ރައްޔިތުން ގެންދަނީ ހިތާއި ރޫހުން ތަރުހީބު ދެމުންނެވެ. މީގެ ކުރިން ވެސް ރަށުގެ އަދި ދާއިރާގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަވާފައިވާ ސިޔާމަކީ މިފަހަރުގެ އެދާއިރާ ތަމްސީލް ކުރާނެ މަޖިލިސް މެމްބަރު ކަމަށް ދާއިރާގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

ސިޔާސީ ގޮތުން ދާންދޫ އަށް އެންމެ ފުރަތަމަ ސަރުކާރުން އައްޔަން ކުރެއްވެވި ކައުންސިލަރަކީ ސިޔާމެވެ. ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ސަޕޯޓާއެކު ސިޔާމް ވަނީ އެއަތޮޅުގެ އަތޮޅު ކައުންސިލްކަން 3 އަހަރަށް ފުރިހަމައަށް އަދާކުރައްވަވާފައެވެ. އަދި އެދައުރުގައި ދާއިރާއަށް ސިޔާމް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކޮށް ދެއްވަވާފައެވެ.

އިޖުތިމާއީ ގޮތުން ވެސް ގިނަ ޚިދުމަތްތަކެއް ދާއިރާއަށް ކޮށްދެއްވަވާފައިވާ ސިޔާމު ވަނީ ރަށުގައި ކުރިއަށް ގެންދެވުނު އިޖުތިމާއީ ކޮންމެ ހަރަކާތެއްގައި އިސް ސަފުގައި މަސައްކަތް ކުރައްވަވާފައެވެ. އެހެންކަމުން ސިޔާމު ވެފައިވަނީ ރަށުގެ ޒުވާނުންނާއި އިސްރަށްވެހިންނާއި ޖުމުލަކޮށް އެތަކެއް ރައްޔިތުންނެއްގެ ތާއިދު ލިބިފައވާ ޒުވާނެކެވެ.

ދާންދޫގެ ނަރުދަމާގެ މަސައްކަތާއި ދާންދޫގައި އިމާރާތްކުރެވުނު 87 ގެ އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކުގައްޔާއި ދާންދޫގެ އިރުމަތީ މަގު ހިއްކުމާއި ދާންދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި މިފަދަ ގިނަ މަސައްކަތްތަކުގައި ސިޔާމު ވަނީ އަމަލީގޮތުން މަސައްކަތް ކުރައްވަވާ ރައްޔިތުން އެދޭފަދަ ބަދަލެއް ގެނެސް ދިނުމުގައި ހިތްވަރާއެކު މަސައްކަތް ކުރައްވަވާފައެވެ.

ރައްޔިތުން ގަބޫލު ކުރަނީ ހެޔޮ ބަދަލަކަށެވެ. އެ ބަދަލު ގެނެސްދެވޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކެންޑިޑޭޓަކީ 4 ވަނަ ނަމްބަރު ގައި އޮތް ސިޔާމެވެ.

3 ކޮމެންޓް
Mohamed Azeem
އޭޕްރީލް 1, 2019
މިކަލާ އަހަނެ ކަލާ އަހަނެ ސިޔާމް އާއެކު
ސައިފު
އޭޕްރީލް 1, 2019
ސިޔާމަކީ ފިސާރި ލީޑަރެއް - ހުރިހާ މީހުންގެ ވޯޓް މިފަހަރު ސިޔާމަށް، ވޯޓް 4 ސިޔާމް (ކެންޑިޑޭޓް ނަންބަރު 4) މުޙައްމަދު ސިޔާމް އަކީ ކުޅަދާނަ ޢިލްމީ ޤާބިލު އާރޓިސްޓެއް އަދި ދާއިރާގެ ރައްޔިތުންގެ ލޯބި ލިބިފައިވާ އިޚްލާޞްތެރި ދަރިއެއް.
ސައިފު
އޭޕްރީލް 1, 2019
ސާބަހޭ ސިޔާމް . މިކަލާ އަހަންނެ ކަލާ