English Edition
Dhivehi Edition
ފޮޓޯ: ސީމެކްސް

އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން، ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ސީމެކްސް ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބޯޓުން ގެއްލިގެން ހޯދަމުން ދަނީ ނޭޕާލު ރައްޔިތެއްކަމަށްވާ ރާޖު ކުމާރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ ބޯޓުގައި ނެތްކަން އެގުނީ އައްޑޫ ސިޓީއިން ފުރައިގެން ފުވައްމުލައް ސީޓީ އާއި ދެމެދު ކަނޑު މަތިން، ފުވައްމުލައް ސިޓީ އާއި 8 މެއިލަށް ކައިވެރިވެފައިވަނިކޮށް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނައިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.