English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޖަލުގައި ތިބޭ ފަރާތްތަކަށް ދެމުން ގެންދާ އާއިލީ ބައްދަލުވުންތައް ނުދޭތީ މާފުށީ ޖަލުގައި މިހާރު ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންގެ އަނބިން މިއަދު ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންފިއެވެ

ކަރެކްޝަނަށް މިއަދު ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމްއާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނަޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއި، ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމްއެވެ.

ކުއްލި ހާލަތު އިއުލާން ކުރި އިރު ކާނަލް ނާޒިމް ހުންނެވީ ގޭގައެވެ. ނަމަވެސް ކުއްލިއަކަށް ޖަލަށް ބަދަލު ކުރިއެވެ. ކުއްލި ހާލަތު އިއުލާން ކުރި އިރު އަދީބު ހުންނެވީ ދޫނިދޫގައެވެ. ނަމަވެސް އަދީބު ވެސް ވަނީ ފަހުން މާފުއްޓަށް ބަދަލުކޮށްފައެވެ

އިމްރާނާއި ނާޒިމާއި އަދީބާއި މުހުތާޒަކީ ވެސް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ހަތަރު ބޭފުޅުންނެވެ