English Edition
Dhivehi Edition

ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށް، ފުލުހުންގެ ބޮޑީ ވޯން ކެމެރާ މިއަދު އިފްތިތާހުކޮށްފިއެވެ.

ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑީ ވޯން ކެމެރާ އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް އެންވައިރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

އެންމެ ފުރަތަމަ ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް ނިންމާފައިވަނީ މާލެ އާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނެވެ. މިކެމެރާ ބޭނުން ކޮށްގެން މަންޒަރާއި އަޑު ރެކޯޑް ކުރެވޭއިރު ފުލުހުންގެ ކޮމާންޑް ސެންޓަރުގައި ތިބޭ އޮފިސަރުންނަށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ހަރަކާތްތައް ވަގުތުން ބަލާލެވޭނެއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމާއިއެކު އާއްމު ރައްޔިތުންނާއި އަދި ފުލުހުންނަށް ވެސް އިތުރު ރައްކާތެރިކަމެއް ލިބިގެން ދާނެ ކަމަށެވެ. އަދި ބޮޑީ ވޯން ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް 2019 ވަނަ އަހަރު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.