English Edition
Dhivehi Edition
ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފުވަމުންދާނަމަ އެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ،

ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މާލެ ބަންދަށް ބަދަލުކުރީ މި ހަފްތާތެރޭގައެވެ. އަދި މާލެ ބަންދަށް ބަދަލުވުމާއެކު ރައީސް ޔާމީން ވަނީ ސިޔާސީ މަސައްކަތް ފައްޓަވާފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް އިން ބުނީ ރައީސް ޔާމީނަށް ލުއި ދިން އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވޭތީ އެއާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވާނެކަމަށެވެ. އަދި ތަކުރާރުކޮށް އެފަދަ ކަންތައް ކުރައްވާނެކަމަށް މާލެ ބަންދަށް ބަދަލުކުރި އެއްބަސްވުން އުވާލާނެކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ،

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ވާ ގޮތުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.