ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަވަސް ކުރި ސަބަބު ސާފުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ހިސާބުގައި ކުރިއަށް ގެންދިއުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ޝަރީއަތުގެ ތާވަލް ބަދަލުކޮށް އެމަނިކުފާނަށް ހުކުމް ކުރުން ހަތަރު މަސް އަވަސްކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރާއި އެމްޑިޕީ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފައްދާފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ އާންމުކޮށްފައިވާ ތާރީހް، އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެނދިއުމަށް އެކުލަވާލެވޭ ތާރީހްތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މުޅިން ހިލާފު ކަމެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ،
މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ މިކަމަކީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަކުރާކަމަށް ބުނެފައެވެ.
މި ބަޔާނުގައި ވަނީ ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ،
ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންއަށް ހުކުމް އިއްވުން ނޮވެމްބަރު މަހު