English Edition
Dhivehi Edition

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަޖިލީހަށް ވަޑައިނުގެން، ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ޖުމްހޫރީ ޕާޓީން ރައްދުދީފިއެވެ،

ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެފައި އޮތް ދަނޑިވަޅެއްގައި ގާސިމް މަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕެއިންގައި އުޅުއްވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން ޖުމްހޫރީ ޕާޓީން ބުނީ ގާސިމްއަކީ އެއްވެސް ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާއިން “ފިއްލަވައިގެން” އުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ.

އެ ދުވަސްވަރަކީ ވެކްސިނެއް ވެސް ނެތް ދުވަސްވަރެއްކަން ފާހަގަކޮށް، އެ ދުވަސްވަރަކީ ރާއްޖެ އާއި މުޅި ދުނިޔެ ވެސް ފުރަބަންދުކޮށްފައިވާ ދުވަސްވަރެއް ކަން އެ ޕާޓިން ވަނީ ފާހަގަކޮށްފައެވެ.

ހައިރިސް ބޭފުޅަކަށްވާތީ މަޖިލީހަށް ވަޑައިނުގެން، ކެމްޕެއިނުގައި ބައިވެރިވާތީ ގާސިމްއަށް ބޮޑެތި ފާޑުކިޔުންތަކެއް

އެ ދުވަސްވަރާއި މިއަދުގެ ހާލަތު ވަރަށް ތަފާތުކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެ ޕާޓީގެ ލީޑަރު ކެމްޕެއިނަށް ވަޑައިގަންނަވަނީއެޗްޕީއޭއިން ނެރެފައިވާ އުސޫލުގެ ތެރެއިން ކޮވިޑްއަށް ޓެސްޓް ކޮށް، އެންމެން ވެސް ބަލިން ރައްކާތެރިވެފައިވާކަން ޔަގީންކުރުމަށްފަހު ކަމަށެވެ.

2 ކޮމެންޓް
ލާމު
ޖެނުއަރީ 26, 2022
ގާސިމުގެ ޒިންމާއަކީ އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުންކަން ޢެނގިއްޖެ.
ހަސަނުގ
ޖެނުއަރީ 25, 2022
ގާސިމް އެހަދަނީ ހަމަ ރަނގަޅަށް. ނުދިޔަސް ލާރި ލިބެންޏާ، ނެޖެހޭ ދާކަށް. ލާރި ލިބޭނެ. ލަލަލާ. އަދިވެސް ކަނޑުކޮހުން ހުވާ މަޖިލިހަށް. ކަލޭމެން ވޯޓުން ހޮވަނީ. ދެން ފާޑު ނުކިޔާ، އަތް ޖަހަންތިބޭ.