English Edition
Dhivehi Edition

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއީލް ޝުޖާއު 300 މެމްބަރުންނާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

ޝުޖާއު ޖޭޕީ އަށް ސޮއި ކުރެއްވި ފޯމާ ހަވާލުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްއެވެ. ޝުޖާއު ޖޭޕީ އާއި ގުޅުމާއެކު، ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުކަމަށް ޝުޖާއު ވަނީ ހަމަޖައްސާފައެވެ.

އިސްމާއިލް ސުޖާއު މިދިޔަ މަހުގެ 15 ގައި ވަނީ ގާސިމްއާ ބައްދަލު ކުރެއްވުމަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައިވާއިރު ގާސިމް ވިދާޅުވީ ޝުޖާއު އާއި އެމަނިކުފާނާ ރަހުމަތްތެރިކަން އުފެދިފައިވަނީ ގާތްގަނޑަކަށް 2007 ވަނަ އަހަރުގެ ހިސާބުގައި ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީން އަދި ކެމްޕެއިންގެ މާ ބޮޑު ހަރަކާތްތަކެއް ހިންގާފައެއް ނުވެއެވެ.