ކޮވިޑްގެ ހާލަތާއި ގުޅިގެން ގާސިމަކީ ހައިރިސް ބޭފުޅަކަށްވާތީ މަޖިލީހަށް ވަޑައިނުގެން ދެ އަހަރު ދުވަހު މުސާރަ ނެންގެވި ކަމަށް ވިދާޅުވެ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސާ ޝިދާތާ ޝަރީފް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަަރަށް ބޮޑު ފާޑުވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމެވުމާއިި ގުޅިގެންނެވެ.
2 aharu vee covid ge haalathaa gulhigen high risk beyfulheh veema majlihah vadainugannavaa musaara nangavaathaa. Covid ge haalathu enme goas vi dhandivalhu balaa mihaaru campaign ah. Rayyithunnah ihulaas theri manikfaanah veveynee thi varakah. https://t.co/moX9Ol4e7r
— Shidhatha Shareef (@iamshidhatha) January 24, 2022
‘އަވަސް’ގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ އިސް ބޭފުޅުންނާ އެކު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުުރުފުޅާއި ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކޮށް ޝީދާތާ ކުރެއްވި ޓުވިޓެއްގައި ވަނީ ކޮވިޑްގެ ހާލަތު އެންމެ ގޯސް މި ދަނޑިވަޅުގައި ކެންޕެއިނަށް ވަޑައިގަންނަވާތީ ސުވާލު އުފައްދަވާފައެވެ. “ރައްޔިތުންނަށް އިހުލާސްތެރި މަނިކުފާނަށް ވެވޭނީ ތި ވަރަށް،” ޝީދާތާގެ ޓުވިޓްގައި ވިދާޅުވެފައިވެއެވެ.
ގިނަ ދުވަސްތަކެއްވަންދެން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ ހުންނެވުމާއި ގުޅިގެން ގާސިމް އަށް ވަނީ މީގެ ކުރިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކާއި ގުޅިގެން އޭރު ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހުގެ ޖަލްސާތަކަށް ސަލާމް ވިދާޅުވެފައިވަނީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން އެންމެ ރައްކާތެރި ގޮތަކީ ކޮވިޑް ނެތް ސަރަހައްދެއްގައި ހުންނެވުން ކަމަށްވާތީ ކަމަށެވެ.