English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ފިރިހެނަކު މާވަހަރެއް ހޮވައިފިއެވެ.

މި މާވަހަރު ހޮވާފައިވަނީ މިމަހު 19ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ސ.މީދޫ ކުދުހެރާ އަދި ހިކަހެރާ ދޭތެރެއިން ހޮވާފައިވާ މި މާވަހަރަކީ “ހުދަންބަރެއް” ކަމަށް ލަފާވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މާވަހަރުގެ ބަރުދަނުގައި ހުރީ 4.2 ކިލޯއެވެ. މާވަހަރު ހޮވި ފަރާތުން ބުނީ މީގެން އެތިކޮޅެއް މިހާރު ތަހުލީލު ކުރުމަށް ކަމާބެހޭ އިދާރާއަށް ފޮނުވާފައިވާކަމަށެވެ.

ސ.މީދޫ އިން ވާހަކަދެއްކި މީހަކު ބުނީ މީގެ އަހަރު ތަކެއް ކުރިންވެސް މީދޫއިން މާވަހަރު ހޮވިމީހާ އަށް މާވަހަރު ފެނުނީ މިފަހަރުވެސް ފެނުނު ސަރަހައްދު ކަމަށްވާ ހިކަހެރަ އާއި ކިދުހެރާ ދޭތެރެއިން ކަމަށެވެ.

1 ކޮމެންޓް
އައްޒުވީ
ނޮވެމްބަރު 23, 2024
ތިޔައީ ތެޔޮ ނަގައިގެން ކަނޑަށް އެއްލާފައި ހުންނަ އެނިމަލް ފެޓުސް ނޫނީ ޖަނަވާރުގެ ސަރަބި. ޖަމަލާއި ގެރިބަކަރި ފަދަ ބޮޑެތި ޖަނާވާރު ކަތިލައިގެން އުޅޭ އިރު އެ ބޮޑިވަރު ތައް ހުންނަނީ ބެރަލް ތަކަށް އަޅާފައި. މި ފެޓުސް ބޮނޑިވަރު ތެޔޮ ހާނައިގެން ހިކިފައި އޮންނަ އިރު އޮންނާނީ ތިހެން. އަލިފާން ޖެއްސީމާ ދުވާނީ ނުބައި ވަހެއް.