English Edition
Dhivehi Edition
ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަވާ އުފާފާޅުކުރައްވަނީ- ފޮޓޯ ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކުރި މީހުންނާއި އިސްލާމިކް ސްޓޭޓް (އައިސިސް) އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ހިންގުނު ތަހުގީގުން އެމީހުންނާއި އައިސިސް އާއި އެއްވެސް ގުޅުމެއް އޮތްކަން އެނގެން ނެތްކަމަށެވެ. އަދި އެމީހުންގެ އަތުން އައިސިސް ފިކުރަށް ތާއީދުކުރާ ކަމުގެ ބައެއް ތަކެތި ފެނުނު ނަމަވެސް އެ ޖަމާއަތުގެ ދަށުން މަސައްކަތްކުރާ ބައެއްކަން އެނގެން ނެތްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ،

ރައީސް ނަޝީދަށް ހަތަރު ދުވަހެއްގެ މަތިން ޔާގޫތުގެ ކައިރިން ބޮމުގެ ހަމަލާ ދޭން އުޅުނު

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ހިޔާގެ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.