English Edition
Dhivehi Edition

މ. ޔާގޫތުގެ ކައިރިން ހަތަރު ދުވަހެއްގެ މަތިން, ރައީސް މުހަމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދޭން އުޅެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރި މީހާ ހައްޔަރުކޮށް އިތުރު މީހުންގެ ވަނަވަރު ފުލުހުންވަނީ ހާމަކޮށްފައެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ކުރިން ދިރިއުޅުއްވަމުން ގެންދެވި، އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމުގައިވާ މ. ޔާގޫތުގެ ކައިރީ އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ގޮއްވާލަން ހަތަރު ދުވަހެއްގެ މަތިން މަސައްކަތް ކޮށްފައިވާކަމަށެވެ.

2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް ރޭވުމަށްފަހު 2020 ވަނަ އަހަރު ރައީސް ނަޝީދަށް ހަމަލާދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ހަތަރު ދުވަހެއްގެ މަތިން ހަމަލާ ދިނުމަށް މަސައްކަތް ކުރީ 2020 ވަނަ އަހަރުގެ ފަހުކޮޅުކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

އެއީ ވ. ތިނަދޫ ހިޔާގެ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.