ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތުގެ އަޑުއެހުންތައް ލަސްވާތީ މި މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ފާއިޒު ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ، ޖުޑީޝަލް ސާވިސް ކޮމިޝަން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިތުރަށް ކުރިމިނަލް ކޯޓުގެ ރަޖިސްޓަރާއާ ބައްދަލުކުރައްވައި މި މައްސަލަ ލަސްވާ ސަބަބު އޮޅުންފިލުއްވަން މަސައްކަތްކުރެއްވި ކަމަށެވެ. މި ގޮތުން އެ މަސައްކަތުގެ ތެރެއިން ޝަރީޢަތް ލަސްވުމަށް ތަފާތު ގިނަ ސަބަބުތައް މެދުވެރިވެފައިވާކަން ފާހަގަކުރެވުނު ކަމަށް އައްބާސް ވިދާޅުވިއެވެ. މި ގޮތުން އައްބާސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި
މި ގޮން އައްބާސް ބެއްލެވި ބެއްލެވުން އެގުނު ގޮތުގައި މޭ 6 ހަމަލާގެ ޝަރީޢަތް ދިގުލައިގެންދިއުމަށް މެދުވެރިވި އެންމެ ފުރަތަމަ ސަބަބަކީ އެ މައްސަލައިގެ އަޑުއެހުންތަކާ ހަވާލުވެވަޑައިގެންނެވި ބައެއް ފަނޑިޔާރުން އެ ޝަރީޢަތްތަކުން ތަނާޒުލުވެވަޑައިގަތުންކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަނޑިޔާރުން ބަދަލުވުމުން ގެންނަންޖެހުނު ބަދަލުތަކާއެކު އިތުރަށް މައްސަލަ ދިގުލައިގެން ދިޔަކަން އައްބާސްވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މަތީ މަރުހަލާގެ ކޯޓަށް ޕްރޮމޯޓުވެވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތުމަކީވެސް މި މައްސަލަ އިތުރަށް ދިގުލައިގެން ދިޔަ ސަބަބެއް ކަމަށް އައްބާސްވަނީ ވިދާޅުވެފައެވެ.