English Edition
Dhivehi Edition

ގޯތިތައް ބަހާލާފައި މަޖިލީހަށް ވަޑައިގެން މިނިސްޓަރުންނަށް ރުހުން ނުދޭނެކަމުގެ އިންޒާރު ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ހައުސިންގް މިނިސްޓަރުކަމުގެ މަގާމަށް ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

މީކާއީލްގެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ. ދިވެހިރާއްޖޭގެ މިސްރާބު ހުރީ މާލީ ހަރާބުގެ ތެރެއަށްކަމަށާ ރާއްޖެ ހޯދަންޖެހޭކަމަށާ އަދި ހިފަހައްޓަންޖެހޭކަމަށެވެ. ރާއްޖޭގެ މާލީ ތަނަވަސްކަމަކީ ރައްޔިތުންގެ ހައްގެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއްކަމަށާ ރާއްޖޭގައި ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ނުކުރަންވީ ކަމަކީ ވައްކަންކުރުމާ ބޭއިންސާފުން އަމަލުކުރުންކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ފޮތިފޮތިކޮށް ބަހާލާއިރު، ކޮންޓްރޯލްކުރުމަށް ބޭނުންވާ މަޖިލީހުގެ މެމްބަރުންނަށް 9 ގޯތި އަދި އަނެއް މެމްބަރަކަށް 10 ގޯތި ދީފައިވާކަށެވެ. އަދި ގޯތިތައް ބަހާލާފައި، އެ ގޯތިތަކެއް ގެއްލިގޮސްދާނެތީ މަޖިލީހަށް ވަޑައިގެން މިނިސްޓަރުންނަށް ރުހުން ނުދޭނެކަމުގެ އިންޒާރު ދެމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިނިސްޓަރަށް ރުހުން ނުދޭނެކަމަށް ބުނަނީ އަމިއްލަ ގޯތިތައް ގެއްލޭނެތީ ތޯ ރައީސް ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ.