English Edition
Dhivehi Edition
10 މާރިޗު 2020 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން ގަރާރު ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާ އަށް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރި ނަމަވެސް، ގަރާރުގެ މަސައްކަތް ފެށުމާއެކު ޑިމޮކްރެޓްސް އިން ވަނީ އެ ގަރާރާ މެދު ސުވާލު އުފައްދަވައި ނިޒާމީ ނުކުތާ ނަގާފައެވެ.

މި ގޮތުން ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ގަރާރެއްގައި ވަކި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ގަވައިދު ބަޔާންކުރާ ކަމަށެވެ. އެމްޑީޕީން ގަރާރު ހުށަހެޅީ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ، ދީބާޖާ ފަދަ ބައެއް ބައިތައް މަދުންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.