English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމަށް އެމްޑީޕީއިން ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ރައީސް ނަޝީދުގެ މައްސަލަ ހިމަނާފައި ނުވާތީ ކަންބޮޑުވުންފާޅުކޮށް އަސްލަމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އެ ގަރާރު އެޖެންޑާ ކޮށްފައި އޮތް ނަމަވެސް އެ ޖަލްސާ ކެންސަލް ކޮށްފައިވާ އިރު، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެއީ ހުށަހަޅަން ޖެހޭ ގަރާރެއް ކަަމަށެވެ. އަދި މަޖިލީހުން އަނެއް ދުވަހުގެ ޖަލްސާއަށް އެ ގަރާރު އެ ޖެންޑާ ކުރާނެކަމަށް ބުނެފައިވާކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ،

ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާ އިރު، މާދަމާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި އިރު އެ ޖަލްސާގައި އެ ގަރާރު އެޖެންޑާކޮށްފައި ނުވާކަން ފާހަގަކޮށް އަސްލަމް ވަނީ މާދަމާގެ އެޖންޑާގައި އެ ގަރާރު ހިމެނުމަށްފަހު އަލުން އެޖެންޑާ ފޮނުވައި ދިނުމަށް އެދިވަޑައިގެންފައެވެ،