English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ކޮވިޑް19 ގެ ސަބަބުން އިއުލާންކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ‘ނިއުލައިން ބޯޓު’ގެ ފަޅުވެރިންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުޅުދޫ އަދި މީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހިތަދޫ އިން އިތުރު ކޭސްތަކެއް ފެނި މުޅި އައްޑޫސިޓީ ލޮކްޑައުންކުރީ މޭއި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އައްޑޫ ސިޓީގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.

މިމަހިގެ ތިންވަނަ ދުވަހުން ފެށިގެން ހުޅުދޫ މީދޫ އިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާއިރު، އެ ދެއަވަށުން އެންމެ ފަހުން ޕޮޒިޓިވްވީ ހޯމް ކަަރަންޓީންގައި ތިބި މީހުންނެވެ. މިވަގުތު މި ދެ އަވަށުގައި އެކްޓިވް ކެސް އެއް ނެތް އިރު، ފާއިތުވި ހަތް ދުވަހު ހުޅުދޫ މީދޫއިން ނެގުނު އެއްވެސް ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ފާއިތުވި ތިން ދުވަހު ހުޅުދޫ މީދޫ އިން 200 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލްތައް ނަގާފައިވާއިރު މިއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ބަލި ނެތްތަނެއްގައި، ނުބައްދަލު ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

1 ކޮމެންޓް
ފަސްފަހެތިން ފަޑައި
ޖޫން 19, 2021
ސާބަހޭ ނިޒައްރޭ.ތައަދި ބޭހެތި ބޯކޮށް ވޯޓާއު ކޭމުން.ދިއޭތޯ ބަލާށުން.ލަދަ ކޮބާ؟