English Edition
Dhivehi Edition

​​ގޯރީ ބިއުޓީ ކްރީމަކީ ދިވެހި ރާއްޖޭގައި މިހާރު މަޝްހޫރުވެ ވިކެމުންދާ އެއް ބިއުޓީ ކްރީމެވެ. މި ކްރީމް ބޭނުން ކުރަމުން އަންނަ މީހުންގެ ތެރެއިން މަދު ފަރާތް ތަކުން ލިބުނު މައުލޫމާތަށް ބަލައިލާއިރު، ގޯރީ ސައިބޯނި، ޑޭ ކްރީމް އަދި ނައިޓް ކްރީމް މޫނުގައި އުނގުޅާތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މޫނުގެ ކުލަ އިހުނަށް ވުރެ އަލިވެއެވެ. ބައެއް ކަނބަލުން މި ބަދަލު ގެނައުމަަަށް ބޭނުން ކުރާ މި “ގޯރީ” ކްރީމް ގެ ހަގީގަތް މިހާ ހިސާބުން ބަލައިލަން އަހަރެންގެ ހިތުގައި ޝައުގެވެރިކަން އުފެދުނެވެ.

ގޯރީ ކްރީމްގެ ހަގީގަތް:

ގޯރީ ބިއުޓީ ކްރީމަކީ މައިގަނޑު ގޮތެއްގައި ޕާކިސްތާނުގައި އުފައްދާ، އެކަށީގެންވާ ރެގިއުލޭޓަރީ ބެލެހެއްޓުމެއް ނެތި ބާޒާރަށް ނެރެފައިވާ ހަންގަނޑު އަލިކޮށްދޭ އުފެއްދުމެކެވެ. ހަންގަނޑު ކަޅުވުމާއި، ބިހި ނެގުމާއި، އަދި އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެހީތެރިވެދޭ ބާވަތެއްގެ ގޮތުގައި، އިންޓަނެޓްގެ ޒަރީއާއިން މި އުފެއްދުން ދަނީ ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރެވެމުންނެވެ.

​ނަމަވެސް، ރެގިއުލޭޓަރީ އިދާރާތަކުން މި ތަކެތި ބޭނުންކުރުމާ ދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް ދެނީ އޭގައި ހިމެނޭ ވިހަ މާއްދާތައް ކަމަށްވާ މާކިއުރީ އާއި ލެޑް ނުރައްކާތެރި މިންވަރަކަށް ގިނަވުމުގެ ސަބަބުންނެވެ.

އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން، އޭގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އާއި އިންޑިއާގެ މަހާރާޝްތުރާ އެފް.ޑީ.އޭ އިން ހެދި ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި، މި ތަކެތީގައި ނުރައްކާތެރި މިންވަރަށް ވިހަ މާއްދާތައް އެކުލެވިގެންވެއެވެ.

މީގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު

މޫނުގެ ކުލަ އަލިކުރުމަށާއި، އޮއްވަޅު ފިލުވުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ދިވެހި ކަނބަލުން ބޭނުންކުރަމުން އަންނަ މި ކްރީމަކީ ސިއްހަތަށް ނުހަނު ނުރައްކާތެރި މާއްދާތަކެއް އެކުލެވިގެންވާ އެއްޗެއްކަން ދާދިފަހުން ކުރެވުނު ދިރާސާތަކުން މިވަނީ ހާމަވެފައެވެ.

މި ކްރީމް ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގޯރީ ސައިބޯނި، ޑޭ ކްރީމް އަދި ނައިޓް ކްރީމް މޫނުގައި އުނގުޅަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫނުގެ ކުލަ ކުރިއަށްވުރެ ވަރަށް ބޮޑަށް އަލިވެގެންދެއެވެ. ނަމަވެސް، މިހާ އަވަސް ނަތީޖާއެއް މި ޕްރޮޑަކްޓުން މި ދައްކަނީ ކޮން ސަބަބަކާ ހުރެތޯ ބަލައިލުމުން ފެންނަނީ ބިރުވެރި ހަގީގަތެކެވެ.

ގޯރީ ބިއުޓީ ކްރީމަކީ މައިގަނޑު ގޮތެއްގައި ޕާކިސްތާނުގައި އުފައްދާ، އެކަށީގެންވާ ސިއްހީ އަދި ރެގިއުލޭޓަރީ ބެލެހެއްޓުމެއް ނެތި ބާޒާރަށް ނެރެމުންދާ އުފެއްދުމެކެވެ. ހަންގަނޑު ކަޅުވުމާއި، ބިހި ނެގުމާއި އަދި އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ ޖާދުވީ ފަރުވާއެއްގެ ގޮތުގައި، ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ޒަރީއާއިން މި އުފެއްދުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރެވެމުންނެވެ.

ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ ރެގިއުލޭޓަރީ އިދާރާތަކުން ދަނީ މި ކްރީމް ބޭނުންކުރުމާ ދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އާއި އިންޑިއާގެ މަހާރާޝްތުރާ އެފް.ޑީ.އޭ އިން ހެދި ލެބޯޓްރީ ތަހުލީލުތައް ފާހަގަކޮށްލެވެއެވެ. އެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ކްރީމުގައި އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި މިންވަރަށް ވިހަ މާއްދާތައް ކަމަށްވާ މާކިއުރީ (މެކިއުރީ) އަދި ލެޑް ހިމެނެއެވެ.

މާކިއުރީ އަކީ ހަންގަނޑުގައި މެލަނިން އުފެދުން ހުއްޓުވައި، ހަންގަނޑު އަވަހަށް އަލިކޮށްދޭ މާއްދާއެއް ނަމަވެސް، މީގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. މި މާއްދާތަކުގެ ސަބަބުން ހަންގަނޑު ތުނިވެ ހަލާކުވުމާއި، ކިޑްނީއަށް ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން ނާރުތަކުގެ ނިޒާމަށް ނޭދެވޭ އަސަރުކުރެއެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކުރުމުން ހަމުގެ ކެންސަރަށް މަގުފަހިވުމުގެ ނުރައްކާ އޮތްއިރު، މާބަނޑު ދުވަސްވަރު މިފަދަ ކްރީމް ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑީގެ ތަރައްގީއަށްވެސް ހުރަސްއެޅޭ ކަމެކެވެ.

ހަންގަނޑު އަލިކުރުމުގެ ނަމުގައި ވިހަ މާއްދާތަކުން ފުރިގެންވާ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އަމިއްލަ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށްވާތީ، މިފަދަ ޕްރޮޑަކްޓްތައް ބޭނުންކުރުމުގައި އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ސަމާލުވުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.