English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކާ އެންމެ މަގުބޫލު ޑްރާމާ ‘އަނުޕަމާ’ ގައި ސަމަރްގެ ރޯލުން ފެނިގެންދާ ޕަރަސް ކަލްނަވަތް ގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕަރެސްގެ ބައްޕަ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އިއްޔެގެ ވަގުތެއްގައި ޕަރެސްގެ ބައްޕަގެ ހާލު ސީރިއަސްވެ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު، އެ ވަގުތު ޕަރަސް ހުރީ ޑްރާމާގެ ޝޫޓިންގައެވެ. އަދި ޕަރަސްގެ ބައްޕަގެ ހާލު ސީރިއަސްކަން އެނގުމާއެކު ޑްރާމާގެ އިތުރު ބައިވެރިންނާއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އެހެންނަމަވެސް ޕަރަސް އަށް ދެވުނު އިރު އޭނާގެ ބައްޕަ މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ޕަރަސްގެ ބައްޕަގެ ކުއްލި ވަކިވުމާއި ގުޅިގެން އޭނާގެ އާއިލާއަށާއި ޑްރާމާގެ ޓީމަށްވެސް ބޮޑު ހިތާމައެއް ލިބިފައިވާއިރު މި ޑްރާމާގެ އިއްޔެ ޝޫޓިންތައްވެސް ވަނީ މެދުކަނޑާލާފައެވެ.

އަނޫޕަމާގެ އެކްޓަރ ޕަރަސް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ފެބްރުއަރީ މަހުގެ ތެރޭގައި ޕަރަސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ މުޅި އާއިލާ ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ، އަދި އޭނާ އާއި އެކު ޑްރާމާގައި މަސައްކަތްކުރާ ހުރިހާ އެންމެން ކޮވިޑަށް ޓެސްޓްކޮށްފައިވާއިރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.