ސްޓަރޕްލަސް އިން މިހާރު ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ “އަނޫޕަމާ” ގެ އެކްޓަރެއް ކަމަށްވާ ޕަރަސް ކަލްނަވަތް (ސަމަރް) ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑްރާމާގެ ޕްރޮޑިއުސަރ ބުނެފިއެވެ.
ޕަރަސް ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އޭނަގެ ގައިން ކޮވިޑްގެ އަލާމާތް ފެންނަމުންދާތީ މިދިޔަ ކުހުރު ދުވަހު ހެދި ޓެސްޓުންނެވެ.
ޑްރަމާގެ ޕްރޮޑިއުސަރ ރަޖަން ބުނީ، ޕަރަސް ޕޮޒިޓިވް ވުމާއެކު ޑްރާމާގައި ހިމެނޭ ހުރިހާ އެންމެން ޓެސްޓްކޮށް އެންމެންގެ ހާލަތު ކަށަވަރުކޮށްފައިވާ ކަމަށެވެ. “ހުރިހާ އެންމެންގެ ރައްކަލަކަށް އެންމެންވެސް ޓެސްޓްކުރުވައިފިން. ބޮޑު ކާސްޓެއް މިއީ މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބުމަކީ ވަރަށް ދެރަކަމެއް. އަދި މިހުރިހާ މީހުން ގަދަވެ ސަލާމަތުން ބައިތިއްބުމަކީ އަހަރެންގެ ޒިންމާއެއް. އަހަރެން ގަވައިދުން ޕަރަސްގެ ހާލު ކޮންމެ ދުވަހަކު ގުޅައިގެން ބަލަން” ރަޖަން ޓިއޯއައި އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މި ޑްރާމާގައި ޕަރަސް ފެނިގެންދަނީ އޭނަގެ މަންމަގެ ބަސްއަހާ އަދި އެ މަންމަ ކުރާ ކޮންމެ ކަމެއްގައި ހިތްވަރުދޭ ދަރިއެއްގެ ގޮތުގައެވެ. އަދި އޭނައަކީ ޑްރާމާ އަށް މިހުންމު ބައިވެރިއެއް ކަމަށް ރަޖަން ފާހަނގަ ކުރެއެވެ.
އަނުޕަމާ ޑްރާމާއަކި މިހާރު ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ކާމިޔާބު އެއް ޑްރަމާއެވެ. މިޑްރާމާއަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް ވަރަށް ތަފްސީލީ ގޮތެއްގައި ގެނެސް ދެމުން އަންނަ ޑްރާމާއެކެވެ. މިޑްރަމާއިން ފެންނަނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިޔަކަށް ދަރިންލިބި ބޮޑެތިވާ އިރުވެސް ފިރިމީހާގެ ހަގީގީ ލޯބި ނުލިބި މަޖުބޫރު ހާލަތެއްގައި ދެމީހުން އެކުގައި އުޅެން މަސައްކަތް ކުރަމުންދާ ތަނެވެ. ކެތްތެރި އަންބަކު އޭނަގެ ފިރިމީހާގެ ލޯބި ނުލިބުނަސް ރަނގަޅު ދަރިން ތަރުބިއްޔަތު ކޮށް ދިރިއުޅުމާއިގެން ކުރިއަށް ދާތަނެވެ. އަދި ފިރިމީހާގެ ބޭފަވާތެރިކަން އެގުމާއި އެކު އޭނާ އާއި ނުލާއި އަމިއްލަ އަށް ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރާ އަންހެނެއްގެ ހިތްވަރު މި ޑްރާމާއިން ވަރަށް ރަގަޅަށް ދައްކައިދެއެވެ.