English Edition
Dhivehi Edition

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރޫޕާލީ ގަންގުލީގެ ޝޯ އަނޫޕަމާ އާއި ދާދި ފަހުން ގުޅުން އަލީޝާ ޕަރްވީން (ރާހީ) ގެ ބަދަލުގައި އެ ރޯލަށް އެހެން ތަރިއަކު މިހާރު ހަމަޖައްސާފައިވާއިރު އަލީޝާ ވަނީ އެ ނިންމުމާ މެދު މާޔޫސްވާކަމަށް ބުނެފައެވެ.

މީގެ ކުރިން ޓީއާރްޕީ ރޭޓުގެ އެންމެ ކުރީގައި އޮންނަ ރޫޕާލީ ގަންގޫލީގެ ޝޯ އަނޫޕާމާ އިން ގިނަ ތަރިންތަކެއް ގެއްލިފައިވާއިރު، އެ ޝޯގެ ހަބަރުތައް މިހާރު އަންނަނީ ބެލުންތެރިންނަށްވެސް ބޮޑު މާޔޫސްކަމެއް ގެންނަމުންނެވެ. އެ ގޮތުން މި ޝޯގައި ރާހީގެ ރޯލުން ފެނިގެންދިޔަ އަލީޝާ ޕަރްވީން އެ ޝޯއިން ކުއްލި ގޮތަކަށް ބޭރުކޮށްލަން ނިންމި ހަބަރަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ހަބަރެކެވެ.

ބޭރުގެ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަީ އަލީޝާ އެގްރިމެންޓު އުވާލީ ކަމަށެވެ. އެހެންނަމަވެސް އަލީޝާ ބުނެފައިވަނީ އޭނާ ޝޯއިން ބޭރުކޮށްލީ ކަމަށާއި އެއީ ކުއްލިއަކަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމި ސަބަބު ނޭގޭކަމަށް އަލީޝާ ބުނެފައިވާއިރު، އިންސްޓަގްރާމްގައި އަލީޝާ ވަނީ އަނޫޕަމާ އެޕިސޯޑްތަކުގެ ކްލިޕްތަކެއް ހިމެނޭ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އެތައް ކްލިޕްތަކެއްގެ ކޮލަޖެއް ހިއްސާކޮށް އަލީޝާ ވަނީ އެއްވެސް އެންގުމެއް ނެތި އެއް ރެއެއްގެ ތެރޭގައި ޝޯއިން ވަކިކުރި ގޮތް ލިޔެފައެވެ.

‘އަހަރެން ޝޯއިން ވަކިވީއެއް ނޫން، އަހަރެން ރިޕްލޭސް ކުރީ.’ މިއީ އަހަންނަށް ކިހާ އުނދަގޫ ކަމެއް! ހުރާ ބާރެއް، ލޯތްބެއް, އުފާވެރިކަމެއް، ހުރިހާ ކަމެއް ކެރެކްޓަރަށް ދޭއިރު، އެއް ރެއެއްގެ ތެރޭގައި ރިޕްލޭސް ވެގެން ދާއިރު އެއީ ބޮޑު ހިތްދަތިކަމެއް! އެކަމަކު އަހަރެން ހިނިތުންވެލަނީ ހަމައެކަނި ތިޔަ ހުރިހާ ސަޕޯޓަރުންގެ ސަޕޯޓު އަދި ލޯބިން! އަބަދުވެސް އެންމެންގެ ރާހީ! ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. #ޕްރަދްޔާ #އަނޫޕަމާ.’ ކެޕްޝަންގައި އަލީޝާ ވަނީ އޭނާ އަށް ސަޕޯޓްކޮށް، ފޭނުން އޭނާ އަށް އޮއްސާލި ލޯތްބަށް ޝުކުރުއަދާކޮށްފައެވެ.

ޓެގު