English Edition
Dhivehi Edition

ސްޓް ޕްލަސް އިން ދައްކާ އެންމެ މަގުބޫލު ޑްރާމާ “އަނުޕަމާ” ގައި ސަމަރުގެ ރޯލުން ފެނިގެންދާ އުމުރުން 26 އަހަރުގެ ޕަރަސް ކަލްނަވަތު، އެ ސިލްސިލާ ދޫކޮށްލައިފިއެވެ.

ކަލާސް އިން ދައްކާ ޑާންސް ރިއަލިޓީ ޝޯ، “ޖަލަކް ދިކްލާޖާ” ގެ ދިހަ ވަނަ ސީޒަންގައި ޕަރަސް ސޮއިކުރުމާއި ގުޅިގެން “އަނުޕަމާ” ގެ ޕްރޮޑަކްޝަން ޓީމާއި ޕަރަސްގެ މެދުގައިވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ. މި ގޮތުން “އަނުޕަމާ” ގެ ޕްރޮޑަކްޝަން ޓީމުން ބުނީ ޕަރަސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާކަމަށެވެ. މި ގޮތަށް ނިންމަންޖެހުނީ އޭނާ އެއްބަސްވުމާއި ހިލާފުވުމުންކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އަދި އެހެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ހުރަސް ނާޅާއިރުވެސް، އެކަން އަންގާފައިނުވާތީ އަނުޕަމާގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން ޕަރަސް ބުނީ އޭނާ ދަންނަ ކޮންމެ މީހަކަށްވެސް އަދި އެ ޑްރާމާގައި އެއްކޮށް މަސައްކަތްކުރާ ފަރާތްތަކަށްވެސް އޭނާގެ މިޒާޖު ވަރަށް ރަނގަޅަށް އެގޭނެކަމަށެވެ. އަދި އަނުޕަމާގައި އޭނާ ކުޅޭ ރޯލު ކުޑަވެ ކެރެކްޓާއަށް މާބޮޑު ކުރިއެރުމެއް ނުލިބޭތީ އެ ވާހަކަވެސް ވަރަށް ގިނަ ފަހަރު ޕްރޮޑަކްޝަން ޓީމާއި ދައްކާފައިވާނެކަމަށް ޕަރަސްވަނީ ބުނެފައެވެ. އެހެންނަމަވެސް އެމީހުންގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށާއި، އެހާ ހިސާބުން، އޭނާ ނިންމީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ ކުރިއަށްދާންކަމަށްވެސް ޕަރަސް ބުންޏެވެ.

އިތުރަށް ޕަރަސް ބުނީ އޭނާގެ ނަޒަރުގައި އޭނާ އެއްވެސް ގޯސްކަމެއް ނުކުރާ ކަމަށާއި، މި ނިންމުމަކީ އެކްޓަރެއްގެ ހައިސިއްޔަތުން އަމިއްލަ ކުރިއެރުމަށް ވިސްނުމަށްފަހު ނިންމި ނިންމުމެއްކަމަށް ޕަރަސްވަނީ ބުނެފައެވެ. ” އަހަންނަށް ދިނީ ދެ އޮޕްޝަން. އަނުޕަމާ ނުވަތަ ޖަލަކް ދިކްލާޖާ. އަހަރެން އިހްތިޔާރު ކުރީ ޖަލަކް ދިކްލާޖާ. އެއީ އަހަންނަށް އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް. އަނުޕަމާގައި އަހަރެންގެ ރޯލު ވަރަށް ކުޑަ.” ޕަރަސް ބުންޏެވެ.

އިތުރަށް ޕަރަސް ބުނީ ޓީވީގެ އެންމެ މަގްބޫލު ޝޯއިން ފުރުސަތު ލިބުމުން އުފާކުރާކަމަށާއި، އަނުޕަމާއަކީ މީހުންނަށް އޭނާގެ ހުނަރު ފެނިގެން ދިޔަ ޑްރާމާކަމަށެވެ. އަދި އެ ޑްރާމާ ދޫކޮށް ދިއުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ޕަރަސް ވަނީ ބުނެފައެވެ. މީގެއިތުރުން އޭނާ ވަނީ އަނުޕަމާގައި މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ..

 

ޓެގު