English Edition
Dhivehi Edition

ޓެލެވިޝަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ)ގެ އެއްވަނަ މަގާމުގައި ހިފަހައްޓަމުން އަންނަ ސްޓާ ޕްލަސްގެ މަޝަހޫރު ޑްރާމާގެ އަނުޕަމާގެ އެކްޓްރެސް މަދަވީ ގޮގަޓޭ މަރުވެއްޖެއެވެ.

މި ޑްރާމާގެ ލީޑް ތަރި ރޫޕަލީ ގަންގުލީ(އަނުޕަމާ)ގެ މަންމަގެ ރޯލުން ފެނިގެންދާ މަދަވ މަރުވެފައިވަނީ ކޮވިޑް ބަލީގައެވެ، އިއްޔެ ހެނދުނުގެ ވަގުތެއްގައި އުމުރުން 58 އަހަރުގައި މަދަވީ މަރުވީ ކޮވިޑް ބައްޔަށް މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަދަވީގެ ކުއްލި ވަކިވުމާއި ގުޅިގެން މި ޑްރާމާގެ ތަރިންގެ އިތުރުން އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ، އަނުޕަމާގައި މަދަވީ ކުޅެފައިވާ މަޑުމައިތިރި މަންމައެއްގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު އޭނާގެ ކުއްލި ވަކިވުމާއި އެކު މި ޑްރާމާގެ ޓީމަށްވެސް ވަނި ބޮޑު ހިތާމައެއް ލިބިފައެވެ. މި ގޮތުން އާއިލާއަށް ތައުޒިޔާ ރައްދުކޮށް ރޫޕަލީ ބުނެފައިވަނީ ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް ނުދެއްކި އެބަހުރިކަމަށެވެ.

އަނުޕާމާގެ އިތުރުން މަދަވީ ފެނިގެން ދިޔަ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި އެކް ސަފަރު އައިސާ ކަބީ ސޯޗާ ނަތާ، ކަޙީން ތޯ ހޯގާގެ އިތުރުން ސާވްދާން އިންޑިއާގެ އެޕިސޯޑްތައް ހިމެނެއެވެ.

ޓެގު

1 ކޮމެންޓް
ޗިންޗޮން
ޑިސެމްބަރު 1, 2021
މަގޭ މައިދައިތަ ވަރަށް ސޭޑް ވާނެ އޭނަ މަރުވީމަ🙆