English Edition
Dhivehi Edition
އައިޖީއެމްއެޗްގެ ދޮރުމަތީ ބަޔަކު މަޑުކޮށްލައިގެން/ފޮޓޯ ސޯޝަލްމީޑިއާ

މިދިޔަ ނޮވެމްބަރު މަހު މަރުވި ނޭޕާލް އަންހެން މީހާގެ ހަށިގަނޑު އޮތީ މޯޗަރީގައި ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާއަކީ ނޭޕާލްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ކަންޗަން ދުންގެލްކަމަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް ގެ އެމަޖެންސީ ރޫމްއަށް ގެނައި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގެލް މަރުވި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

ކަންޗަން ދުންގެލް ހޮސްޕިޓަލަށް ގެނެސްފައި ވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މެޑިކަލް ލީގަލް ރިޕޯޓްގައި ކަންޗަން ދުންގެލްގެ މަރުވާން ދިމާވި ސަބަބު “ނޭނގޭ” ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓްގައި އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވާ ކަމަށެވެ.

ކަންޗަން ދުންގެލްއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮތް މީހެއްކަން ފާހަގަކޮށް ފުލުހުން ބުނީ ކަންޗަން ދުންގެލްގެ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ހަވާލުގައި ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.