English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ “އަނުޕަމާ” ގައި އަނޫޖުގެ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ފެނިގެންދާ ނިތޭޝް ޕާންޑޭ މަރުވެއްޖެއެވެ.

މިދިޔަ އަންގަރަ ދުވަހުގެ ރޭ ޝޫޓިންއަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށް ނިތޭޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނިތޭޝްގެ ކުއްލި މަރާއެކު އޭނާގެ އާއިލާ އާއި އަނުޕަމާގެ ތަރިންގެ އިތުރުން ބޮލީވުޑަށްވެސް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

ނިތޭޝްގެ މަރުގެ ހަބަރާއެކު އަނުޕަމާގެ ލީޑް ތަރި ރުޕާލީ ގަންގުލީ ބުނީ އަދިވެސް އެކަން ގަބޫލުކުރަން އޭނާއަށް އުދަގޫކަމަށެވެ. ނިތޭޝްއަކީ އަބަދުވެސް އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަން ފާހަގަކޮށް ރުޕާލީ ބުނީ އޭނާ އަނުޕަމާގެ ޓީމާ ގުޅުމަކީ ލިބުނު ބޮޑު އުފެލެއް ކަަމަށެވެ.

ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިގެންދިޔަ ނިތޭޝްގެ ބައެއް ފިލްމުތަކުގެ ތެރޭގައި “އޯމް ޝާންތީ އޯމް”، “ދަބަންގް 2″، “ބާޒީީ” އަދި “ރަންގޫން” ހިމެނެއެވެ.

ޓެގު