English Edition
Dhivehi Edition

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫސިޓީގައި ބާއްވާ ޑައިވިން ހަރަކާތުގައި ބައިވެރިވުމަށް ޓުވަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ ސިނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރްހާދު އާއި، ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ކުއްސާނުގެ އިތުރުން މާކެޓިން ޕޮލިސީ ކޮންލްޓެންޓް ފާތިމަތި ހިމާ މުހައްމަދު ވަހީދު އާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހައްވާ ނަދްރާ މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ނަލަފެހި މީދޫ ޖަމްޢިއްޔާއިން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، އައްޑޫސިޓީގެ ޑައިވް ސެންޓަރ ތަކާއި ޓުވަރިޒަމްގެ ދާއިރާގެ ރިސޯޓް އަދި ގެސްޓްހައުސްތަކާއި އައްޑޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން، މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖަނުއަރީ މަހުގެ 05 ވަނަ ދުވަހުގައެވެ. ޑައިވިން ޑެސްޓީނޭޝަނެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ޓުވަރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން ބާއްވާ މި އިވެންޓާއި ގުޅޭގޮތުން ‘ބްރިޓިޝް ލޯޔަލްޓީ ޑައިމަންޑް ޖުބުލީ ސްޓިއަރިން ކޮމިޓީ’އިން ބުނީ 05 ދުވަހު ހެނދުނު މަރަދޫ ބަނދަރުގައި ބޭއްވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު 75 ޑައިވަރުން ‘ބްރިިޝް ލޯޔަލްޓީ’ރެކަށް ޑައިވްކޮށް އެ މަންޒަރުތައް ކަނޑު އަޑިންނާއި ޑްރޯން މެދުވެރިކޮށް ފޮޓޯ ނަގާ އެ ވަގުތު ދުނިޔެއަށް އާންމުކުރާނެކަމަށެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް: ފީނާލުމުން ވަދެވެނީ މީގެ އެތައް އަހަރެއް ކުރީގެ ތާރީޙުގެ ތެރެއަށް