English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (ޓޫރިޒަމް ޓޯކް) ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ވީޑިއޯ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ.

މި ގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައވެެ.

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

 

file:///C:/Users/British%20Loyalty%20Even/Downloads/69692.pdf

ޓެގު