English Edition
Dhivehi Edition

އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަކޮޅު، ގަވައިދާ އެއްގޮތަށް ބޭރުމީހުން ނުވަތަ ޓޫރިސްޓުން ގޭގަ ބައިތިއްބުމުގެ ހުއްދަ ދިނުން އިއުލާންކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިން އުޅޭގޮތް ފެނިގެން ބަޔަކު ގޯސްވާނެ ކަމަށް ބުނުމަކީ
ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ބުނާ ކުޑައިމީސް ބަހެއް ކަމަށާއި އެއަށް ވުރެ ދިވެހިންގެ އަގީދާ ވަރުގަދަ ވާނެ ކަމަށެވެ.

“ހޯމްސްޓޭ ޓޫރިޒަމްގެ ތެރެއިން ރަށްތަކަށް އަންނަ ފަތުރުވެރިން އަންނަނީ ދިވެހިންގެ އާދަކާދަ އާއި ތަފާތު ތަޖުރިބާއެއް ކުރުމުގެ ގޮތުން. ޓޫރިޒަމް ދާއިރާގެ ސަބަބުން ކިރިޔާވެސް ކަސިޔާރެއް ވާނަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި މިސްރާބު ބަދަލުކުރަންޖެހޭ ގޮތް އެނގޭނެ.” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ހޯމް ސްޓޭ ކުރިޔަށްގެންދާއިރު، ބޭނުންވާނެ އެންމެ ބޮޑު ކަމަކީ ކައުންސިލްގެ އެއްބާރުލުން ކަމަށާއި އެހެންކަމުން ރަށު ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭނަމަ ހޯމް ސްޓޭ ކުރިޔަށް ނުގެންދާނެ ކަމަށެވެ.