ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފު މިދިޔަ ބުރާސްފަތިދުވަހު ސަސްޕެންޑު ކޮށްފި އެވެ.
އެމްޕީއެލްއަށް ތެޔޮ ގަތުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފާހަގަކުރެވުމާއެކު އެ ކުންފުނިންވަނީ އިންޓާނަލް އޮޑިޓެއްކޮށްފައެވެ. ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލާފައި އޮތް ދުވަސްވަރުގެ ބިލްތަކުން، އާއްމު މަސްތަކަށް ވުރެ، ތިން މަހުގެ ތެރޭގައި ތެލަށް ކުރި ހޭދަ ބޮޑުވެފައިވާ ކަން ހާމަވެގެންދިޔައިރު އޮޑިޓުން ފާހަގަކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި ޑޮކިއުމެންޓްތަކެއް ފޯޖްކޮށްފައި ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެން ތަހުޤީގު ކުރިއަށް ގެންދިޔައިރު އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރެއިން ބައެއް މުއައްޒަފުން މަސްއޫލިއްޔަތުން އެކަހެރިކޮށް ގެއަށް ފޮނުވާލާފައިވާއިރު އެކަމާ ގުޅުންހުރި މުވައްޒަފުންގެ ނެގި ބަޔާނުގެ ތެރެއިން ލޮކްޑައުންގެ ތެރޭގައި އެކަން ކުރަމުންގެންދާކަން އެއް މުވައްޒަފަކު އިއުތިރާފްވެފައިވެއެވެ އަދި އެ ކަން ކުރަނީ ތެޔޮ ސަޕްލައި ކުރާ ފަރާތްކަމުގައިވާ، އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާއި ގުޅިގެންކަމަށްވެސް އޭ ފަރާތުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި އެފްއެސްއެމްގެ ބައެއް މުއައްޒަފުންވެސް ޝާމިލުވާކަން އެގުމާއެކު މިކަން ބަލައިދޭން އެމްޕީއެލް އިން ވަނީ އެފްއެސްމަށް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި ޝާމިލްވާ މުއައްޒަފާއި މެދު މިހާރު ފިޔަވަޅު އަޅާފައިވާއިރު އެމްޕީއެލަށް ތެޔޮފޯރުކޮށްދީފައިވާ ހުރިހާ ބިލްތައް ބަލައި އެ ކުންފުނިން އަންނަނީ މިހާރު މި މައްސަލަ އިތުރަށް ބަލަމުންނެވެ.
ތެލުގެ ވައްކަމުގައި އެފްއެސްއެމް މުވައްޒަފުންވެސް ބައިވެރިވާކަމުގެ ތުހުމަތުތަކެއް