English Edition
Dhivehi Edition

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގާއި އެކު ބޮލީވުޑްގެ އަދިރި ފަރާތުގެ ގިނަ ސިއްރުތަކެއް ބޭޒަރުވަމުން އަންނައިރު އެންމެ ފަހުން ބޭޒާރުވި ހަގީގަތާއި އެކު ގިނަ ތަރިންގެ ފިލްމީ ކެރިއަރު ނިމި ގާނޫނީ ގޮޅިއަކަށް ފެތިދާނެކަމުގެ ބިރުވަނީ ހީވެފައެވެ،

މި މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ރިއާ ހައްޔަރުކޮށް އޭނާގެ ބަންދަށް 14 ދުވަސްޖަހާފައިވާއިރު ރިއާ ވަނީ މި މައްސަލައިގެ ތަހުޤީގުގައި ބޮލީވުޑްގެ ތަރިންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ނަންތައް އެންސީބީ އާއި ހިއްސާކޮށްފައެވެ، މި ގޮތުން ބޮލީވުޑްގައި މަޝްހޫރު ތަރި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާންގެ ނަން މި ލިސްޓްގެ އެންމެ ކުރީގައި ހިމެނިފައިވާއިރު މީގެ ކުރިން ސާރާ އާއި ސުޝާންތުގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގާފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ސާރާގެ އިތުރުން 24 ފަންނާނެއްގެ ނަން ރިއާ އެންސީބީ އާއި ހިއްސާކޮށްފައިވާއިރު ރިއާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޑްރަގް ބޭނުންކުރާ މީހުންނެވެ. އިންޑިއާގެ މީޑިއާތައް ބުނާ ގޮތުން ކާޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އާއި ސުޝާންތުގެ ކުރީގެ މެނޭޖަރު ރޯހިނީ އައްޔަރު ގެ އިތުރުން ރަކުލް ޕްރީތު ސިންގް އަދި ފެޝަން ޑިޒައިނާ ސިމޯން ކަމްބާޓާ އަކީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.

ކަފާލާތުގެ ދަށުންވެސް ރިއާ ސަލާމަތެއް ނުވި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހުރިހާ ފަންނާނުންނާ އެންސީބީން ސުވާލު ކުރުމަށް ތައްޔާރުވަމުން އަންނައިރު ރިއާގެ މި ވާހަކަތަކާއި ގުޅިގެން އެއްވެސް ފަންނާނަކު މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.