އިލިއާނާ ޑި ކުރޫޒް އޭނާގެ ލޯބިވެރިޔާ ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
ތެލެގޫ އަދި ހިންދީ ފިލުމުތަކުގައި ފެންނަމުން އަންނަ އަދި އެތައް ބައެއްގެ ލޯބި ހޯދާފައިވާ އިލިއާނާ އަލަތު ދަރި ފުޅަށް ބަނޑު ބޮޑުކަން ހާމަ ކުރުމާ އެކު އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުން އަންނަނީ ދަރިފުޅުގެ ބައްޕަ އަކީ ކާކުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެއްބަޔަކު ބުނާ ގޮތުގައި އިލިއާނާގެ ލޯބިވެރިޔާ އަކީ މަޝްހޫރު ހިންދީ ފިލްމީތަރި ކެޓްރީނާ ކައިފްގެ ބޭބޭއެވެ. އިލިއާނާ ކެޓްރީނާގެ ބޭބެ ސަބެސްޓިއަން އާއި އެކު ވަރަށްގިނަ ތަންތަނުން މީގެ ކުރިން ފެނިފައި ވެއެވެ. ނަމަވެސް އޭރުވެސް އެދެމީހުންގެ ގުޅުމާބެހޭ ވާހަކަ އެއް އިލިއާނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ނުވެއެވެ.
މިހާތަނަށް ކައިވެންޏެއް ކޮށްފައި ވާކަން ހާމަކޮށްފައި ނުވާ އިލިއާނާ އޭނާގެ ލޯބިވެރިޔާ އާއި އެކު ހިއްސާކުރި ފޮޓޯގެ ކެޕްޝަންގައި އޭނާގެ ދަރިފުޅު އުރާލަން ކެތްމަދުވެފައިވާ ކަމަށްބުނެފައި ވެއެވެ. އަދި މާބަނޑު ވުމަކީ އޭނާ އަށް ކުރެވުނު ތަފާތު އަދި އެންމެ އުފާވެރި އިހްސާސް ކަމަށްވެސް ބުނެފައިވެއެވެ. ދަރިފުޅު އުރާލާހިތުން ކެތްމަދުވެފައި ހުރި އިލިއާނާ ވަނީ އޭނާގެ ލޯބިވެރިޔާގެ ސަޕޯރޓް އަދި އަޅާލުން ވަރަށް ބޮޑަށް މި ދަތުރުގައި ލިބޭކަމަށް ބުނެ އޭނާ އަށް ތައުރީފު ކޮށްފައެވެ.
އިލިއާނާ ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް ތަޢާރަފްވީ 2012 ވަނަ އަހަރު ފިލުމު ”ބަރްފީ” އިންނެވެ.