English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ކަންގަނާ އަށް ވޭތުވެދިޔަ 12މަސް ތެރޭގައި އެތައް ބަލިތަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާބުނެފިއެވެ.

ކަންގަނާގެ ސިއްޙީ ހާލަތު ހުރިގޮތުގެ ވާހަކަ ހިއްސާކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ.

ކަންގަނާ ބުނެފައިވަނީ އޭނާ އުޅުނީ ވޭތުވެދިޔަ ދުވަސް ތަކުގައި ވަރަށް ބަލިކޮށް ކަމަށާއި އެގޮތުން އޭނާއަށް ޑެންގޫ، ކޮވިޑް ޑެލްޓާ، ކޮވިޑް އޮމިކްރޯން އަދި ކޮވިޑް ސްވައިން ފްލޫ ޖެހިފައި ވާކަމަށް ބުނެފައި ވެއެވެ. ކަންގަނާ އިތުރަށް ބުނެފައި ވަނީ މިވާހަކަ ހިއްސާ ކުރީ ހުރިހާ އެންމެންގެ ވެސް ހާލަތު ގޯސް ދުވަސްތަކާއި އިންމީދު ކަނޑާލާފަދަ ދުވަސްތައް އަންނާނެކަން އެނގިހުރެއެވެ. ކިތަންމެ ހިތްވަރު ގަދަ މީހަކަސް އެމީހާ ގެ ދިރި އުޅުމުގެ އުންމީދު ގެއްލި ގޮތް ހުސްވެދާނެ ކަމަށާއި ނަމަވެސް ހިތްވަރު ކޮށްފައި ކުރިއަށް ދިރިއުޅުން ގެންދެވިދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކަންގަނާ އަކީ ކުޑައިރުއްސުރެ ބޮޑެތި ކަންތަކާ ކުރިމަތި ލާންޖެހި ދިރިއުޅުން ފުނޑު ފުނޑުވެފައި ވާމީހެއް ކަމަށް އޭނާ ބުނެއެވެ. ދާދިފަހުން ކަންގަނާ ރަނަވާތް ހުށަހަޅައިދޭ “ލޮކް އަޕް” ޝޯގައި މަޝްހޫރު ކޮމޭޑިއަން މުނައްވަރް ފާރޫގް އޭނާ އަކީ ކުޑައިރު ޖިންސީ ފުރައްސާރަ އާ ކުރިމަތި ވެފައިވާ މީހެއް ކަމަށް ބުނުމުން ކަންގަނާ އަށް ކުޑައިރު މީހަކު ޖިންސީ ގޯނާކޮށްފައި ވާކަމަށް އޭނާ ބުނެފައި ވެއެވެ.

ބޮލީވުޑްގައި ކަންގަނާ ފާހަނގަ ވަނީ ޖެހިލުމެއް ނެތި ބަސް ބުނެ ވާހަކަ ދައްކަން ޖެހިލުމެއް ނުވާ މީހެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ސިއްރުތައް ބޭޒާރު ކޮށްލާފައެވެ.

ބޮލީވުޑްގެ ތަރިންގެ ތެރޭގައި އެންމެ ގިނަމީހުންގެ ނަފްރަތު ލިބެމުންދާ ތަރި ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އެއާ ފޯސްގެ ޕައިލެޓް ތޭޖާސް ގޮލްގެ ހަޔާރުގެ މައްޗަށް ބިނަކޮށް އުފައްދާފައިވާ ފިލްމަކުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖައްސާފައިވަނީ އޮކްޓޯބަރު 20ވަނަ ދުވަހެވެ.