English Edition
Dhivehi Edition

ސުޝާންތު ސިންހް ރާޖްޕުތުގެ މަރާއެކު ބޮލީވުޑްގެ ކަޅު އަދިރި ސިއްރުތައް ބޭޒާރުވެގެން ދިޔައިރު އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އަށް ގިނަ ތުހުމަތުތައް އަމާޒުވެގެން ދިޔައެވެ، ތަހުޤީގުގައި ރިއާ އާއި ދެކޮޅަށް ގިނަ ހެކިތައް ލިބިގެން ދިޔައިރު އެންމެ ފަހުން ބޭޒަރުވެގެން ދިޔަ ހަގީގަތަކީ އޭނާގެ މުޅި ފިލްމީ ކެރިއަރު ހަލާކުވެގެންދާ ފަދަ ވާހަކަތަކެކެވެ.

މި މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރިއާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެންނެވެ. ސުޝަންތުގެ މަރާއެކު ފެންމަތިވި ޑްރަގްގެ މައްސަލައިގައި ރިއާ އާއި ސުވާލުކޮށްފައިވާއިރު އޭނާވަނީ، އެންސީބީ ކުރިމަތީ އޭނާއަކީ ޑްރަގު ނަގާ މީހެއް ކަމަށާއި އޭނާގެ ކޮއްކޮ ޝޮވިކް މެދުވެރިކޮށް ޑުރަގް ގަތް ކަމަށް އެއްބަސްވެފައެވެ. އަދި ޑުރަގު ވިއްކާ މީހުންނާ ގުޅުން އޮންނަ ކަމަށްވެސް ރިއާ އެއްބަސްވެފައިވާއިރު އޭނާގެ ވަނީ ޑުރަގު ވިއްކާ ކަމަށް ވެސް އެއްބަސްވެފައެވެ.

ބަތަލާ ރިއާ ހައްޔަރުކުރުމާއެކު ބިހާރުގެ ޑިރެކްޓާ ޖެނެރަލް ޕޮލިސް ގުޕްތޭޝް ޕާންޑޭ ވިދާޅުވީ ޑުރަގުގެ މައްސަލައިގައި ރިއާ ރަނގަޅަށްވެސް ބެދިފައިވާ ކަމަށެވެ.

ރިއާގެ ބަންދަށް 14 ދުވަސް ޖަހާފައިވާއިރު ކަފާލާތުގެ ދަށުން ރިއާ ޖަލުން ސަލާމަތްކުރުމަށް އޭނާގެ ވަކީލުވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މުމްބާއީ ކޯޓުންވަނީ ކަފާލާތުގެ ދަށުން ރިއާ ދޫނުކުރުމަށް ނިންމާފައެވެ.

މުމްބާއީ ކޯޓުގެ މި ނިންމުމާއެކު ރިއާގެ ގާނޫނީ ވަކީލް ވަނީ، އޭނާގެ ކަފާލާތުގެ މައްސަލަ ހައިކޯޓަށް ހުށަހަޅަނެކަމަށް ބުނެފައެވެ.ރިއާ ހައްޔަރުކޮށް، ކަފާލާތު ވެސް ގަބޫލުނުކުރި މައްސަލާގައި އޭނާގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ސަތިޝް މަނެޝިންޑޭ ވިދާޅުވީ އިންޑިއާގެ ތިން އިދާރާއެއް އިސްކޮށް އޮވެގެން މައުސޫމު ޒުވާން އަންހެނެއްގެ ހަޔާތް ބަރުބާދުކޮށްލަން މަސައްކަތްކުރާ ކަމަށެވެ. ރިއާގެ ކަފާލާތަށް އެދި ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ، އޭނާ އެއްބަސްވި ކަންކަން އަލުން ގަންނަން ބޭނުންވާ ކަމަށާއި އެކަންކަމަށް އޭނާ އެއްބަސްވީ މަޖުބޫރު ވެގެން ކަމަށެވެ.

މި މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ އޭނާ ދޫކޮށްލައިފިނަމަ، ތަހުގީގަށް ހުރަސް އެޅޭނެ ކަން ފާހަގަކޮށްފައެވެ. އެގޮތުން ކިތާބީ ހެކި އޭނާ ބާދަލުކުރަން މަސައްކަތް ކޮށްފާނެ ކަމަށާއި، އަދި ހެކިވެރިންގެ ހެކި ބަސް ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން ބަދަލުކޮށްފާނެ ކަމަށް އެންސީބީއިން ވަނީ ބުނެފައެވެ.