English Edition
Dhivehi Edition

ހުޅުދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމާއި ގުޅިގެން ހުޅުދޫ ރައްޔިތުން އިހްތިޖާޖްކޮށްފިއެވެ،

މިއަދު ހެނދުނު 11:00ގައި ހުޅުދޫ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި ގިނަ ބަޔަކުވަނީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ނުދީ އެއްވެސް އުސޫލެއް ނެތި ރަށުން ބޭރުގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ގޯތި ލިބުމުން ނުރުހުން ފާޅުކޮށްފައެވެ. އަދި ކުރިން ޕޮއިންޓް ދިން އުސޫލަށް ބަދަލު ގެނެސް ރަށުގައި ދިރިއުޅޭނަމަ މީގެ ކުރިން ދެމުން އައި 10 ޕޮއިންޓް ކަޑާފައިވަތީ އެކަމާއި ގުޅިގެން ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ. މި ގޮތުން މި އިހްތިޖާޖުގައި ހުޅުދޫ ރައްޔިތުންވަނީ އިއުލާންގެ ސުންގަޑި ހަމަވާން ކައިރިވެފައިވަނިކޮށް ޕޮއިންޓް ދޭ އުސޫލަށް ގެނައި ބަދަލަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެފައެވެ،

މި އިހްތިޖާޖުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުން ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ކަންކަން ނިންމުމުގައި އެއްވެސް ބާރެއް ލިބިފައިނުވާކަމަށާއި އެހެންނަމަވެސް އަބަދުވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދުނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހުޅުދޫ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެން ގުޅޭނަން: ޝުކުރީ

ހުޅުދޫ އިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ގޯތި ލިބުމާއި ގުޅިގެން، ގިނަ ބައެއްގެ ފާޑު ކިޔުންތައް ކައުންސިލަށް އަމާޒުވެފައިވާއިރު އިއްޔެ އޭއޯ ނިއުސް އާއި ވާހަކަދައްކަމުން ޝުކުރީ ވިދާޅުވީ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެން ގުޅޭނެކަމަށެވެ.