English Edition
Dhivehi Edition

ގައުމެއްގެ ވެރިކަން އެއް ފަހަރާ ދެމީހުންނަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ނުސީދާކޮށް ރައްދު ދެއްވައިފިއެވެ.

،ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ދިނުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވާ ޕާޓީ އަށް މަޖިލިހުން 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރަންކަމަށް ވިދާޅުވެކުރެއްވި ޓުވިޓެއްގެ ޖަވާބުގައި މެޒޯ މުހައްމަދު ދެއްކި ވާހަކައަށް ރައްދު ދެމުންނެވެ. މި ގޮތުން ރޮަޒައިނާ ވިދާޅުވީ ގައުމެއްގެ ރައީސް ކަން ދެމީހުންނަށް ނުކުރެވޭނެކަމަށާއި އެކަން ކުރަން އުޅޭނަމަ ނުކުންނާނީ ހުސް ގޯސްކަމަށެވެ. “އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން. އަޅުގަނޑުކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުޑޭނެ” ރޮޒައިނާ ވިދާޅުވިއެވެ.

އިތުރަށް ރޮޒައިނާ ވިދާޅުވީ އެކަން ކުރެވޭނީ ޕާޓީގެ ބޮޑުންނަށް ކަމާށާއި ކޮންމެ ހާލަތެއްގައިވެސް ހުންނަވާނީ ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފަހަތުގައި ކަމަށެވެ. ” މެސެޖް ރައްދުވާންވީ ފަރާތަށް މެސެޖް އަމާޒުކޮށްލާ” އެއްވެސް މީހެއްގެ ނަން ހާމަނުކޮށް ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުން ވޯޓު ދިނީ ރައީސް އަށް ޖެއްސުންކުރުވާކަށް ނޫން: ރޮޒައިނާ