English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ރައްޔިތުން ދިނީ “އިދިކޮޅު ހެދިގެން” ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖެއްސުން ކުރުވާކަށް ނޫނ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑިޕީ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅާއި ގުޅިގެން އެމްޑީޕީ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެެވެ،

އަބަދުވެސް ރައީސްއަށް ވަރަށް ބޮޑަށް ތާއިދުކޮށް ރައީސްގެ ދިފާއުގައި ވާހަކަދައްކަވާ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން، އެމްޑީޕީ އަށް ވެރިކަން ދިނުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވާ ޕާޓީ އަށް މަޖިލިހުން 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރަން ކަމަށެވެ. “މިހާރު ދެން ބޮޑު ވަރު. އިދިކޮޅު ޕާޓީ ހެދިގެން މަޖިލީސް މެދުވެރިކޮށް ރައީސް އަށް ޖެއްސުން ކުރާކަށް ނޫން” ރޮޒައިނާ ވިދާޅުވިއެވެ.