English Edition
Dhivehi Edition

1981 ވަނަ އަހަރު ފިލްމު ‘ރޮކީ’ އިން ބޮލީވުޑަށް ތައާރަފްވި މަޝްހޫރު ތަރި ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

61 އަހަރުގެ އެކްޓަރު ނޭވާލުމަށް އުނދަގޫވާތީ މި މަހު 08 ވަނަ ދުވަހު މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އޭނާ ވަނީ ކޮވިޑަށް ޓެސްޓުވެސްކޮށްފަ އެވެ. ނަމަވެސް ވައިރަހަށް އޭނާ ނެގެޓިވް ވެފައިވާއިރު ފަރުވާއަށްފަހު މިހާރު އޭނާ ވަނީ ގެއަށް ދޫކޮށްލާފައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ސަންޖޭ ކުރި ޓުވީޓެއްގައި ބުނީ އޭނާ ފިލްމީ ދާއިރާގެ މަސައްކަތާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލަން ނިންމާފައިވާކަމަށާއި ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނެގީ ސިއްހީ ފަރުވާއެއް ހޯދުމަށް ކަމަށެވެ. އަދި އޭނާއާއި މެދު ކުށް ހީތަށް ނުކުރުމާއި އޭނާއާމެދު ފިކުރު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން ސަންޖޭ އެދިފައިވާއިރު ފިލްމު ކްރިޓީކް، ކޯމަލް ނެހެތާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށެވެ.

މި ޓުވިޓާއެކު އޭނާއަށް ސަޕޯޓްކުރާ ގިނަ ބިޔަކު ހެޔޮދުއާކޮށް ހިތާމަފާޅުކޮށްފައިވާއިރު ސަންޖޭގެ ގާތް ރައްޓެއްސަކާ ހަވާލާދީ ނޫހެއްގައި ބުނެފައި ވަނީ، ސަންޖޭއަށް ވަރަށް އަވަހަށް ފަރުވާ ބޭނުންވާ ކަމަށެވެ. އަދި އޭނާއަށް އަވަހަށް ފަރުވާ ކުރެވިއްޖެނަމަ ބަލިން ރަނގަޅުވުމުގެ ފުރުސަތު އޮތްކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ފަރުވާއަށް ސަންޖޭ އެމެރިކާއަށް ފުރާނެ ކަމަށް ބުނެފައިވެއެވެ. ބައެއް މީޑިއާތައް ބުނާ ގޮތުން ސަންޖޭ ހުރީ ކެންސާރުގެ ތިން ވަނަ ސްޓޭޖްގައެވެ.

ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

1980ގެ އަހަރުތަކުން ފެށިގެން ބެލުންތެރިންގެ ހިތްފަތަހަކޮށްފައިވާ ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް ބަޓްގެ “ސަޅަކް 2” އިންނެވެ.