English Edition
Dhivehi Edition
ކެޓްޖެނިސް

އެމެރިކާގެ ލަވަކިޔުން ތެެރިޔާ ކެތަރިން ޖެނައިސް އިޕްސަން ކެންސަރ ބައްޔާ ހަގުރާމަ ކޮށް ކާމިޔާބު ނުވެ އޭނާގެ ހަޔާތުގެ އެންމެ ފަހުދުވަސް ތައް ވަރަށް ކައިރި ވެއްޖެކަމަށް ބުނެފިއެވެ.

އިންސްޓަގްރާމް އަދި ޓިކްޓޮކް ގައި އޭނާގެ ހާލަތު ބުނެ ލިޔުނު މެސެޖުން އޭނާގެ އެތައް ފޭނުން ތަކެއްޖެ ހިތް ކުދި ކުދި ވިއެެވެ.

ކެޓްގެ ގެ މެސެޖްގައި ބުނެފައިވަނީ، މި ބަލި ހަށިގަނޑު ދޫކޮށް ދާ ވަގުތު ވަރަށް ކައިރި ވެއްޖެކަމަށެވެ. “އަހަރެންގެ ފައި ހަރަކާތް ނުކުރެވޭތީ އެނދުން ތެދުވެގެން އެއްވެސް ތަނަކަށް ނުދެވޭ. ކެންސަރ އަކީ ޖޯކެއް ނޫން. ކޮންމެ ދުވަހެއް ނިމެނީ ވަރަށް ވޭނާއެކު. އެހެން ނަމަވެސް ވަރަށް ހިތްވަރު ކޮށްގެން މިއުޅެނީ. ވަރަށް އަވަހަށް ދެން އަހަރެން ފެންނާނީ ސުވަރުގޭގައި ޑާންސް ކުރަނިކޮށް” ކެޓްގެ މެސެޖްގައި ބުނެފައި ވެއެވެ. ވީޑިއޯ އިން ކެޓް ފެންނަނީ ވަރަށް ވޭނުގައި ވަރަށް ބަލިކޮށް އެހެން ނަމަވެސް ވަރަށް ހިތްވަރު ކޮށްފައި ކެޓްގެ ލަވައިގެ “ސޭޑްވާޝަން” ކިޔަފައިވާ ސާރާގެ ލަވަ ފޭނުންނާ ހިއްސާކުރި ތަނެވެ.
Is

އުމުރުން މިހާރު 31 އަހަރު ވެފައިވާ ކެޓް އަށް ޖެހުނީ ވަރަށް މަދުން ފެންނަ ވައްތަރެއްގެ ކެންސަރ އެކެވެ. 2022 ވަނަ އަހަރު ކެޓްގެ ކަރުން ޓިއުމަރ އެއް ފެނިގެން ޓެސްޓް ހެދުމުން އެނގުނީ އޭނާ އަށް ވަނީ ސާކޯމާ (ނުރައްކާތެެރި ކަށީގެ ކެންސަރ) ޖެހިފައި ކަމެވެ.

ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކެންސަރ ޕްރީ ކަމަށް މިދިޔަ އަހަރު ޑޮކްޓަރ ބުނިތާ މާގިނަ ދުވަހެއް ނުވެ އަނެއްކާ ކެޓްގެ ހިތުގައި އާއި ފުއްޕާމޭގައި ޓިއުމަރ އުފެދި ފަރުވާ ހޯދަން ޖެހުނެވެ. ކީމޯ އާއި ރޭޑިއޭޝަން އަށްފަހު ޓިއުމަރ ތައް ނައްތާލެވުނަސް އޭނާ މިފަހަރު ކެންސަރުން ސަލާމަތް ނުވެ ހޮސްޕިޓަލް ދޫކޮށްލަން ޖެހުނެވެ.

ކެޓް އޭނާގެ ދަރިފުޅާއެކު ގޭގައި

އުންމީދު ކަނޑާ ލުމާއެކު ކެޓް ބޭނުންވީ އޭނާގެ ފަހު ދުވަސްތައް ފިރިމީހާ، ދަރިފުޅު އަދި އާއިލާ މެމްބަރުންނާ އެކު ހޭދަކުރުމަށެވެ. ކެޓް އަމިއްލަ ގޭގެ ހޮސްޕެސް ކެއާ އޮވެ ވަނީ އޭނާގެ އެންމެ ފަހު ލަވަ “ ޑާންސް އައުޓަ މައި ހެޑް” ރިލީޒް ކޮށްލާފައެވެ. ކެޓް ލަވަ ރިލީޒް ކުރުމަށް ފަހު އެދުނީ އެލަވަ ޗާޓުގެ އެއްވަނަ އަށް ދިޔުމަށް ފޭނުން މަސައްކަތް ކޮށްދިނުމަށެވެ. އޭނާގެ ހުރިހާ ލަވަތަކުގެ ރައިޓްސް މިހާރު ވަނީ 10 އަހަރުގެ ފިރިހެން ދަރިފުޅަށް ދީފައެވެ. ކެޓް އެދެނީ އޭނާގެ ލަވަތަކުން އޭނާ އަށް ލިބޭ އާމްދަނީ ދަރިފުޅަށް ހިބަކިރުމަށެވެ.

ކެޓްގެ ހާލަތު ބަލަން ކެތްމަދު ވެފައި ތިބޭ ފޭނުން ޓިކްޓޮކް އަދި އިންސްޓގްރާމުން ކޮންމެ ދުވަހަކު އޭނާގެ ހަބަރެއް ވޭތޯ އިންތިޒާރު ކުރެއެވެ. ނަމަވެސް ކެޓް ބުނީ އޭނާގެ ހަށިގަނޑުގައި އަޅާވޭނާއި ވަރު ނުހުންނާތީ ހަބަރު ނުވަނީ ކަމަށެވެ. ކޮންމެ ތިން ދުވަހަކުން ކަހަލަ ގޮތަކަށް ކެޓް އަށް ދިގު އުމުރަކަށް އެދި އެދި ތިބި ފޭނުންނަށް ކުޑަ ވީޑިއޯ އެއް ހިއްސާ ކުރެއެވެ.

އުމުރުން 6 އަހަރުން ފެށިގެން ލަވަކިޔަމުން އައި ކެޓް އޭނާގެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. 2019 ވަނަ އަހަރު ވޮޝިންގޓަން އޭރިއާ މިއުޒިކް އެވޯޑްގައި ކެޓް އަށް ބެސްޓް ރޮކް އާޓިސްޓް ކެޓަގރީ އިން އެވާޑް ލިބިފައި ވެއެވެ.