English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ސަންޖޭގެ އާއިލާއިން މީޑިއާތަކަށްދިން އިންޓަވިއުއެއްގައި ބުނީ 61 އަހަރުގެ އެކްޓަރު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހޮނިހިރު ދުވަހުގެ އިރާކޮޅު ކަމަށާއި އޭނާ އެޑްމިޓްކޮށްފައިވަނީ ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެގެންކަމަށެވެ.

ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ ނޭވާލުމަށް އުނދަގޫވާތީ ކޮވިޑަށް ޓެސްޓުކުރި ކަމަށާއި ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އިތުރަށް ސަންޖޭ ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މި ވަގުތު އޮތީ އޮބްޒަވޭޝަނުގައި ކަމަށެވެ. ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ސަންޖޭ ބުނެފައިވާއިރު އޭނާއަށް ހެޔޮދުޢާކޮށްދިނުމަށް ސަންޖޭވަނީ އެދިފައެވެ.

1981 ވަނަ އަހަރު ފިލްމު ‘ރޮކީ’ އިން ބޮލީވުޑަށް ތައާރަފްވި ސަންޖޭ ވަނީ މިހާތަނަށް 187 ފިލްމު ކުޅެފައެވެ. 1980ގެ އަހަރުތަކުން ފެށިގެން އޭނާގެ މޮޅު ހުނަރު ދައްކަމުން އަންނަ ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް ބަޓްގެ “ސަޅަކް 2” އިންނެވެ.