Zee Cine award haflaaya ticket gah faraaithaka faisaa aburaa dhenee - AO News Zee Cine award haflaaya ticket gah faraaithaka faisaa aburaa dhenee

ކޮވިޑް 19 ކަވަރޭޖް

  • އައްޑޫސިޓީން، ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރަނީ
  • މުވައްޒަފުންނަށް ނޯޕޭ ދީ މުސާރަކުޑަކުރަނީ ގާނޫނާ ހިލާފަށް: ލޭބާ ރިލޭޝަންސް
740,235 CONFIRMED
156,588 RECOVERED
548,612 ACTIVE
35,035 DEATHS
WORLD
17 CONFIRMED
13 RECOVERED
2 ACTIVE
0 DEATHS
MALDIVES
Last updated on : 2020-03-30 14:27
ޒީ ސިނެ އެވޯޑް ހަފްލާއަށް ޓިކެޓް ގަތް ފަރާތްތަކަށް ފައިސާ އަބުރާދެނީ
2 ހަފްތާ ކުރިން

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް(ކޮވިޑް-19) ގެ ސަބަބުން އިންޑިއާގެ ފިލްމީ ދާއިރާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށް ބާއްވަމުން އަންނަ ބޮޑެތި އެވޯޑް ހަފްލާތައް ކެންސަލްކޮށްފައިވާއިރު މި ދުވަސްކޮޅު އަޅުވަން ނިންމާފައިވާ ފިލްމުތައް އެޅުވުންވެސް ވަނީ ފަސްކޮށްފައެވެ. މިގޮތުން ޒީއިން ކުލަގަދަކޮށް ބާއްވަމުން އަންނަ ޒީ ސިނެ އެވޯޑްސް 2020 ހަފްލާއަށްވެސް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

Advt

Advertisement

މީގެ ކުރިން އާންމުންގެ ގިނަ ބަޔަކަށްވެސް ޓިކެޓް ގަނެގެން ވަދެވޭ ގޮތަށް ކުރިއަށް ގެންދާ މި އެވޯޑް ހަފްލާ މިފަހަރު އާންމުންނަށް ނުވަދެވޭ ގޮތް ވަނީ ހަދާފައެެވެ. އަދި މި ހަފްލާއަށް ވަނުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުން އަވަހަށް ފައިސާ އަބުރާ ހޯދުމަށް ޒީ އިން އެދިފައިވާއިރު މި ހަފްލާ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންވަނީ މިއީ އާންމުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަމުގައި ބުނެފައެވެ.”މި އެވޯޑް ހަފްލާއަށް އާންމުންނަށް ނުވަދެވޭ ގޮތް ހެދީ އެންމެން އެއްތަންވެ ބޮޑެތި ހަފްލާތައް ބޭއްވުން ހުއްޓުވުމަށްޓަކައި. އެހެންނަމަވެސް މި އެވޯޑް ހަފްލާ ކުރިއަށްދާއިރު ޓީވީއިން ދައްކާނެ. ޓިކެޓްގަނެފައިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އަބުރާ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް” ޒީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި އެވޯޑް ހަފްލާގެ އިތުރުން މި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިފާ އެވޯޑް ވެސް ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ ބައެއް ސިނަމާތައް މި މަސް ނިމެންދެން ބަންދުކޮށްފައިވާއިރު ގިނަ ފިލްމުތައް އަޅުވަން ބުނި ތާރީހަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ގޮތުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ އަކްޝޭ އާއި ކެޓްރީނާގެ ސޫރިޔަވަންޝީވެސް އަޅުވަން ބުނި ތާރީހު މިހާރު ފަސްކޮށްފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު ރޯހިތް ޝެއްޓީވަނީ ބުނެފައެވެ،