English Edition
Dhivehi Edition


މާލޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެން ފެށުމާއެކު އެޅި ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

މާލޭގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ މިދިޔަ މަހު 9 ވަނަ ދުވަހުއެވެ. މާލޭގައި އެޅި ފިޔަވަޅު ތަކާއެކު މާލެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުވަނީ ދަށް ވެފައެވެ.

މާލެ ސަރަހައްދުގައި ދިނުމަށް ނިންމާފައިވާ ލުއިތަކަކީ؛

މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުން.
ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުން.
މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުން އުވާލުން.
ޕީސީއާރު ޓެސްޓާ ނުލާ ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށް މިހާރު ބަލަނީ ބޫސްޓަރ ޑޯސް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހުންނެވެ.

އެޗްޕީއޭއިން ލުއިތައް ދޭން ނިންމާފައިވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ 104 މީހުންނެވެ. މާލެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަށްވި ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 670 މީހަކު ވަނީ ފައްސިވެފައެވެ.