English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރަށް އަލަތު ދަރިފުޅު ލިބުނުފަހުން ސޯޝަލް މީޑިއާ އާއި ދުރު ވުމަށްފަހު ފުރަތަމަ ފަހަރަށް ދަރިފުޅު ދައްކާ ލައިފިއެވެ.

ސޯނަމްގެ އިންސްޓަގްރާމް ގައި ދަރިފުޅު އުރާލައިގެން ފިރިމީހާ އާއި އެކު ނަގާފައިވާ ފޮޓޯ ހިއްސާކޮށްފައި ވަނީ އެ ދަރިފުޅުގެ ނަމުގެ މާނަ ލިޔުމަށްފަހު އެވެ. ސޯނަމްގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ “ވައްޔު ކަޕޫރް އަހޫޖާ” އެވެ. ސޯނަމްގެ މި ޕޯސްޓާއެކު އޭނަގެ ބައްޕަ އަނިލް ކަޕޫރު ހިމެނޭގޮތަށް ބޮލީވުޑްގެ ގިނަ ތަރިން އުފާފާޅުކޮށް ކޮމެންޓް ކޮށްފައި ވެއެވެ.

މިއީ ސޯނަމް އާއި އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ އަނަންދް އަހޫޖާ ފުރަތަމަ ދަރިފުޅެވެ. ސޯނަމް ބަނޑުބޮޑުކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އޭނާ ވިހާފައި ވަނީ މިދިޔަ އޯގަސްޓްމަހު 20ވަނަ ދުވަހު އެވެ. ބަނޑު ބޮޑު ވުމަށްފަހު ސޯނަމް ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތް ތެރިވިއެވެ. ނަމަވެސް ވިހެއުމަށްފަހު އޭނާ ބުނެފައިވަނީ ދަރިޔަކު ލިބުމަކީ އެމީހެއްގެ ހުރިހާ ކަމެއް އެ ދަރިފުޅަށް ހުސްކުރަން ޖެހޭ ކަމެއްކަމަށެވެ.

ސެޕްޓެމްބަރ 20 ވަނަ ދުވަހު ސޯނަމް އޭނާގެ ދަރިފުޅަށް އެއްމަސް ފުރުން ފާހަގަ ކޮށް އިންސްޓަގްރާމް ސްޓޯރީ އަށް ޕޯސްޓެއް ކޮށްފައި ވެއެވެ.

މިހާރު އުމުރުން 37 އަހަރުވެފައިވާ ސޯނަމް އާއި އަނަންދު 39 އަހަރު، ކައިވެނި ކުރީ 2018 ވަނަ އަހަރު މޭއި 8 ވަނަ ދުވަހުއެވެ. ކައިވެންޏައް ފަހު ދެ މީހުން ދިރިއުޅެމުންދަނީ އިނގިރޭސި ވިލާތުގައެވެ.