English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިއްވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށާއި އެ ހުކުމުން އިސްލާމްދީނަށް ގޮންޖަހާލާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އުންމީދު ގެއްލުވާނުލުމަށް އިލްތިމާސްކުރަމުން އަދުރޭ ވިދާޅުވީ 2023 ވަނަ އަހަރު މި ގައުމުގެ ވެރި ކަމަށް ރައީސް ޔާމީން ގެންނާނެކަމަށެވެ. ” ރައީސް ޔާމީން ސަލާމަތް ކުރަން އެބަ ޖެހެއޭ. އަތޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މި ދަންނަވާލަނީ އަވަހަށް މާލެ އައުމަށް. ރައީސް ޔާމިން ވިދާޅުވި ހުރިހާ ސަޕޯޓަރުންނަށް ވެދުން ސަލާމް ދިނުމަށް އަދި ކުރިއަށްވުރެ ވަރުގަދައަށް ނިކުމެ ވަޑައިގަންނަވާށޭ.” އަދުރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ މިއަދު 9:00 ގައި ތާވަލް ކުރި ޝަރީއަތް 11:30 ވަންދެން ލަސްކުރީ ކީއްވެގެންކަން އިއްވި ހުކުމާއި އެކު އެގިގެން ހިގައްޖެކަމަށެވެ. އަދި މިއީ އިންޑިއާ ސަރުކާރުން ކުރި ހުކުމެއްކަމަށް ވިދާޅުވެ އަދުރޭ ވަނީ އިންޑިއާ ބޭނުންވި ގޮތަށް ހުކުމް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އެދެނީ 19 އަހަރުގެ ޖަލުހުކުމަކަށް

މިއަދު އިއްވި ހުކުމަކީ މުޅި ރާއްޖެއަށް ކުރި ހުކުމެއްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ މިއީ ދިހިންގެ މިނިވަންކަމާއި އެއްބައިވަންތަ ކަމަށް ނައްތާލުމަށް ކުރި ހުކުމެއް ކަމަށެވެ. އަދި ދިވެހިންގެ އެއްބައިވަންތަ، ހުރިހާ ކަމެއް ނައްތާލަން އިންޑި އާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަދަބާއި ގުޅޭ އިތުރު އަޑުއެހުމެއް މިއަދު މެންދުރުފަހު 14:00 އަށް ވަނީ ތާވަލްކޮށްފައެވެ.