English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މި އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް އެންމެ އުފެއްދުންތެރި މަސައްކަތްތަކެއް ކުރާނެ އަހަރަށް ކަމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުން ހަވާލުކުރި މަަސައްކަތް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ކުރާނެކަމަށާއި ރައްޔިތުން ހިތްހަމަޖެހޭ މަޖިލީހަކަށް 20ވަނަ މަޖިލިސް ހަދައިދޭނެކަމަށެވެ.

މިދިޔަ އަހަރު މަޖިލީހުން ކުރި މަސައްކަތްތަކަށް “އޭ ގްރޭޑް” ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އަހަރު މަޖިލީހުން ވަރަށް މުހިންމު މަސައްކަތްތަކެއް ނިންމާލި ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ބާއްވައި، ކޮމިޓީތަކުގައި ވެސް މުހިންމު މަސައްކަތްތަކެއް ބާރު ސްޕީޑުގައި ކޮށްފައިވާކަން ފާހަގަކުރައްވާ ޖުމްލަކޮށް މަސައްކަތާމެދު ވަރަށް ހިތްހަމަޖެހި ވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މި އަހަރަށް ފާސްކޮށްފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން، މަޝްރޫއުތައް ހިންގަން ދައްޗެއް ނުވާނެކަމަށާއި މި އަހަރު ވާނީ އެންމެ ގިނަ މަޝްރޫއު ހިންގާނޭ އަހަރަށް ކަމަށެވެ.