ރައީސް ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހުރިހާ ކަމެއް އޮތުން ފާލުން ނައްޓާފައިކަމަށާއި މިދިޔަ އަހަރަކީ ސަރުކާރަށް ގިނަ ދަތިތަކެއް ކުރިމަތިވި އަހަރެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވަނީ ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު، ރާއްޖެއަށް ދިމާވެފައި އޮތް މާލީ ދަތި ހާލަތު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަކީ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ދިމާވި ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ދިމާވި ދަތިތަކާއެކުވެސް ރައީސް ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަނުދީ، މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލަމުން އަބްދުއް ރަހީމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި
2024 ވަނަ އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އެރިއަހަރެކެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އިގްތިސާދު ހަމައެކަން އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.