English Edition
Dhivehi Edition
ރައީސް ޔާމީން ކްރިމިނަލްކޯޓުގެ އަޑު އެހުމުގައި/ފޮޓޯ ސޯޝަލް މީޑިއާ

ކުރީގެ ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަދަބާއި ގުޅޭ އިތުރު އަޑުއެހުމެއް މެންދުރުފަހު 2 އަށް ތާވަލްކޮށް ޝަރީޢަތް މެދު ކަނޑާލައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ ރިޝްވަތު ހިފުމުގެ ކުށުގައި ދައުލަތުން އެދެނީ 8 އަހަރުގެ ޖަލު ޙުކުމެއް ކަނޑައަޅައިދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރާއެކު މި ދެމައްސަލައަށް 19 އަހަރުގެ ޖަލު ޙުކުމެއް އެމަނިކުފާނުގެ މައްޗަށް ކުރުމަށް ދައުލަތުންވަނީ އެދިފައެވެ. މިއާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުންވެސް ހިމެނެއެވެ.މި މައްސަލައިގައި ދައުލަތުން ނައީމުގެ މައްޗަށް އެދުނީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.

އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުމުން މިމައްސަލައިގައި ދަޢުވާ ކުރެވޭ ޔޫސުފް ނައީމު އަދި ޔާމީންގެ ފަރާތުން އެދުނީ އަދަބާއި ގުޅޭގޮތުން ވާހަކަދެެއްކުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ގާޒީ ނިންމެވީ އެމައްސަލަ މިއަދު ނިންމެވުމަށެވެ. އަދި އަދަބު ކަނޑައެޅުމުގެ އަޑުއެހުން މިއަދުގެ 14:00 އަށް ވަނީ ތާވަލު ކޮށްފަ އެވެ.