English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދިނުން/ ފޮޓޯ- ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާ، ރައީސް ސޯލިހް ވަނީ ރޭ ގިނަ އަދަދެއްގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. ސޯލްޓް ކެފޭ އިމާރާތުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެމްބަރުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ސޯލިހް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރޭ އިއުލާން ކުރައްވާ، ކެމްޕޭން ކުރިއަށް ގެންދަވާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ހޯއްދަވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 28 ޖަނަވަރީ 2023 ވަނަ އަހަރުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާން ރައީސް ސޯލިހް ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.