English Edition
Dhivehi Edition
އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) -- ފޮޓޯ ރާއްޖެ ޓީވީ:

ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ބޭފުޅުން ޑިފެންސަށް ފައިބައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްދު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގަވާފައިވާކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ ޝާހިދަށް ރައްދު ދިނުމަށް ސަރުކާރުން ދޮގު ހަދަމުން އަންނަކމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ކުރިމަތީގައި އިތުރުފުޅު ހައްދަވާ ބޭފުޅަކަށް ވެފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށާއި, ސަރުކާރުގެ އިސްވެރިން ރައީސް މުއިއްޒުއަށް އަޅާނުލާކަމަށް ވިދާޅުވެފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މ. ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައާ ގުޅިގެން ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން ސަރުކާރުގެ ގިނަބަޔަކު އަންނަނީ ޝީހިދަށް ރައްދުދެއްވަމުނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު ވިދާޅުވީ ‏ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފއިވާކަމަށް. އެގޮތުން ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އިންޖީނުގެގޭ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިހްސާސްތަކަށް މި ސަރުކާރުން ފުރަގަސްދެމުން ގެންދާކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.